29 Apr 2021 | 12:23
އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައި ތިބި ބޭރުގެ ޓެރަރިސްޓުންގެ ތެރޭގައި ދިވެހިންތަކެއް!

ބައިނަލްއަޤްވާމީ ނިރުބަވެރި ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާއި އެކު ހަނގުރާމަކުރަމުންދަނިކޮށް އަފްޣާނިސްތާނުން ހައްޔަރުކޮށްފައި ތިބި ބޭރުގެ ޓެރަރިސްޓުންގެ ތެރޭގައި ދިވެހިންތަކެއްވެސް ހިމެނޭކަމަށް ހާމަވެއްޖެއެވެ.

އަފްޣާނިސްތާނުގެ މަޝްހޫރު މީޑިއާއެއްކަމަށްވާ "ޓޯލޯ ނިއުސް"އިން އެގައުމުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ އަހުމަދު ޒިއާ ސަރާޖްއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި، އެގައުމުން ވަނީ 408 އެއްހާ ބޭރުގެ ޓެރަރިސްޓުން ހައްޔަރުކޮށްފައެވެ. މި ފަރާތްތަކަކީ ދާޢިޝް ނުވަތަ އައިއެސް ޖަމާޢަތާއި އެކު ހަނގުރާމަކުރަމުންދިޔަ ފަރާތްތަކެއްކަމަށް ސަރާޖް ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވީ މި ފަރާތްތައް ނިސްބަތްވަނީ 13 ގައުމަކަށް ކަމަށާއި، މިކަމާއި ގުޅިގެން އެ ގައުމުތަކާއި ވާހަކަދައްކަމުން ގެންދާކަމަށެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ހޯދުމަށް އެ 13 ޤައުމުން އަފްޣާނިސްތާނާއި އެކުގައި މަސައްކަތްކުރުމަށް އެދިފައިވާނެކަމަށް ސަރާޖް ވަނީ ފާހަގަކުރައްވާފައެވެ.

އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 408 ޓެރަރިސްޓުންގެ ތެރޭގައި ދެ ދިވެހިންވެސް ހިމެނޭކަމަށް ޓޯލޯ ނިއުސްއިން ވަނީ ބުނެފައެވެ. މި 408 ޓެރަރިސްޓުންގެ ތެރެއިން 299 ޓެރަރިސްޓުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ފަރާތްތަކެކެވެ. މީގެ އިތުރުން އަލްޤައިދާ އަދި އެހެނިހެން ނިރުބަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ 309 ބޭރުގެ ޓެރަރިސްޓުން ހައްޔަރުކޮށްފައިވާކަމަށްވެސް ސަރާޖް ވަނީ ހާމަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފިކަމަށްވާ އިސްލާމިކް ސްޓޭޓް ޚޮރާސަން ނުވަތަ ވިލާޔަތު ޚޮރާސަންއާއި އެކު ބައެއް ދިވެހިން ހަރަކާތްތެރިވަމުންދާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެގޮތުން ހަރަކާތްތެރިވަމުންދިޔަ ދިވެއްސެއް އަފްޣާނިސްތާނުން ހައްޔަރުކޮށް އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.