Advertisement

ކައުންސިލަރުންގެ މުސާރައަށް ބަދަލުތަކެއް ގެނެސްފި

29 Apr 2021 | 20:25

ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނަށް ދޭން މާލިއްޔަތު ކޮމިޓީއިން ނިންމި މުސާރައަށް ބަދަލުތަކެއް ގެނެސް މަޖިލީހުން އެބިލު ފާސްކޮށްފިއެވެ.

މީގެ ކުރިން ކައުންސިލުތަކުގެ ރައީސުންނަށް 23،000ގެ މުސާރައެއް ދިނުމަށް މަޖިލީހުން ވަނީ ވޯޓުދީފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކައުންސިލުތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި  20،000 ރުފިޔާ ލިބޭގޮތަށް ފާސްކޮށްފައެވެ. އެހެންކަމުން ކައުންސިލުތަކުގެ ރައީސުންގެ މުސާރައިން ތިންހާސް ރުފިޔާ ވަނީ މިހާރު އުނިކޮށްފައެވެ.

އަދި ކައުންސިލުތަކުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް މުސާރައިގެ ގޮތުގައި 13،000 ރުފިޔާ ދޭން މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. މި ބިލު ފާސްކުރުމަށް މަޖިލީހުގެ 62 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ހަމައެހެންމެ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 40،000 ރުފިޔާ އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި ސިޓީ ކައުންސިލުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެ ކަމަށް މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement