މިއަދު މައިލޯ ކޭކެއް އަޅަމާ!

04 May 2021 | 12:50

މައިލޯ ކޭކަކީ ވަރަށް ފަސޭހަކަމާއިއެކު ތައްޔާރުކޮށްލެވޭ އެއްޗެކެވެ.

"ވޮއިސް"ގެ ކިޔުންތެރިންނާއި މިފަހަރު މި ހިއްސާކޮށްލަނީ މައިލޯ ކޭކު ތައްޔާރުކޮށްލާނެ ގޮތެވެ.


ބޭނުންވާނެ ތަކެތި:

2 ޖޯޑު މައިލޯ

3 މޭޒުމަތީ ސަމުސާ ގެރިކިރު

4 ބިސް


ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މައިލޯ އާއި ބިސް އަދި ގެރިކިރު ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު، ޓްރޭއަކަށް އަޅައި، އާވިން ފިހެލާށެވެ.

ގާތްގަނޑަކަށް އެއްގަޑިއިރު ވާއިރު ކޭކު ހުންނާނީ ރީތިކޮށް ފިހެވިފައެވެ.

އިތުރަށް ފުރިހަމަ ކޮށްލަން ބޭނުންނަމަ ކޭކުގެ މައްޗަށް ޗޮކްލެޓް ސޯސް އެޅިދާނެއެވެ. އަދި އޭގެ މައްޗަށް ސްޕްރިންކްލްސް ކޮޅެއް ވެސް ބުރުވައިލެވިދާނެއެވެ.

Advertisement

ކޮމެންޓް