ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހަކު ސީރިއަސް ހާލަތުގައި

06 May 2021 | 01:31

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މާބަނޑު މީހަކު ސީރިއަސް ޙާލަތުގައި އޮތްކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުމަށް މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން ބައިވެރިވެލެއްވި ޑރ. އެލީނާ ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވްވެ ސީރިއަސް ހާލަތުގައި މާބަނޑު މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ އިތުރުން، މާބަނޑު އިތުރު 3 މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި އެބަ އޮތްކަމަށާއި، އޭގެ ތެރެއިން 2 މީހަކު މިހާރު ވިހާފައިވާކަމަށާއި މި ދެ މީހުންނާއި ދެ މީހުންގެ ދަރިފުޅުގެ ވެސް ހާލު ސްޓޭބަލް ކަމަށް ވިދާޅުވިއެވެ.

މާބަނޑު މީހުންނަކީ ކޮވިޑް19 ގެ ސަބަބުން ބޮޑުވަރުވާ މީހުންގެ ތެރޭގައި ހިމެނޭ ބައެެކެވެ.

މިދުވަސްވަރު ކޮވިޑް19 އަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ބުނެފައިއެވެ. ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފާއިތުވި 24 ގަަޑިއިރުގެ ތެރޭގައި 734 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement