Advertisement

ޑެލިވަރީ ޚިދުމަތް ފިޔަވާ އެނޫން ކަންކަމަށް އަލުން ހުއްދައަށް އެދެންޖެހޭ ގޮތަށް ހަމަޖައްސައިފި

06 May 2021 | 20:25

ކޮވިޑް19 އާއި ގުޅިގެން މާލޭގައި ކާފިއު ހިންގާ ގަޑިތަކުގައި، ޑެލިވަރީ ޚިދުމަތަށް މީގެ ކުރިން ދޫކޮށްފައިވާ ފާސްތައް ފިޔަވާ އެނޫން ކަންކަމަށް ގެއިން ބޭރަށް ދާނަމަ ހުއްދަ ހޯދަން ޖެހޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިރެއިން ފެށިގެން، މާލޭގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވާ ގަޑިތައް ކަމަށްވާ ރޭގަނޑު 9 ން ފަތިހު 4 އަށް، ކާފިއު ގަޑީގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

އެގޮތުން، ޑެލިވަރީ ޚިދުމަތަށް މީގެ ކުރިން ދޫކޮށްފައިވާ ފާސްތައް މިހާރުވެސް ބޭނުން ކުރެވޭނެ ކަމަށާއި، އެނޫން ކަންކަމުގައި ގެއިން ބޭރަށް ދިޔުމުގައި ޕޮލިސްގެ ޕޯޓަލް police.gov.mv/permit މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ

ފުލުހުންގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ކާފިއު ގަޑީގައި ބޭރުގައި އުޅުމުގެ ހުއްދަ ދެވޭނީ، ޞިއްޙީ ކުއްލި ބޭނުންތަކުގަޔާއި، ވަޒީފާއާއި ޑިއުޓީއަށް ޙާޟިރުވުން އަދި ޑެލިވަރީގެ ކަންކަމުގައި ކަމަށެވެ.

ކާފިއު ގަޑީގައި ކެފޭ / ރެސްޓޯރެންޓް ތަކަށް މެންދަމު 3 އަށް އަދި ފިހާރަތަކުން ދަންވަރު 12 އަށް ޑެލިވަރީ ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. 

Advertisement

ކޮމެންޓް