07 May 2021 | 23:26
ރައީސް ނަޝީދަށް ފަރުވާދެނީ މަލްޓި ސްޕެޝާލިޓީ މެޑިކަލް ޓީމަކުން: އޭޑީކޭ ހޮސްޕިޓަލް

ރައީސް ނަޝީދަށް ފަރުވާދެނީ މަލްޓި ސްޕެޝާލިޓީ މެޑިކަލް ޓީމަކުން ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފިއެވެ. 

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލްކަމަށްވާ އޭ.ޑީ.ކޭ ދެންމެ ބުނެފައިވަނީ, މިރޭގެ 8:30 ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. 

އޭ.ޑީ.ކޭ އިން އިތުރަށް ބުނެފައިވަނީ, ހޮސްޕިޓަލަށް ގެނައި އިރު ރައީސް ނަޝީދުގެ އެކި ތަންތަނަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ފަރުވާދެނީ މަލްޓި ސްޕެޝާލިޓީ މެޑިކަލް ޓީމަކުން ކަމަށްވެސް އޭ.ޑީ.ކޭ އިން ވަނީ ބުނެފައެވެ. އަދި ރައީސް ނަޝީދުގެ ވައިޓަލްސް ސްޓޭބަލް ކަމަށްވެސް ބުނެފައިވެއެވެ. 

މި ހާދިސާގައި ސިފައިންގެ 3 ބޭކަލަކަށްވެސް ވަނީ އަނިޔާ ވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި, މި ހާދިސާގައި އަނިޔާވި ސިފައިންގެ 3 މީހުންގެ ތެރެއިން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ. މި މީހާ އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވަނީ ކަންފަތައް އަނިޔާ ވެފައިވާތީއެވެ.

އަދި އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ 2 މީހުނަށް އެ ހޮސްޕިޓަލްގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 2 މީހުންގެވެސް ހާލު ރަނގަޅެވެ. މި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަނަށް ކުދި އަނިޔާތައް ލިބިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.