07 May 2021 | 23:23
މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި އިޤުތިޞާދަށް ދެވުނު ހަމަލާއެއް: ރައީސް ޞާލިޙު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިޤުތިޞާދަށް ދެވުނު ހަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ހަމަލާއާއި ގުޅޭގޮތުން ޤައުމާއި މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިރޭ ރައީސް ނަޝީދަށް ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާދެވެމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ބެހޭގޮތުން އެންމެފަހުން ލިބިފައިވާ މައުލޫމާތަކީ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ހަމަލާ ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިން ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށާއި، އަދި ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެއްބާރުލުންވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގައި މި މައްސަލައިގެ ތަހުގީގުގައި ބައިވެރިވުމަށް އޮސްޓްރޭލިޔާގެ ފުލުހުންގެ ޓީމެއް އަންނާނެކަމަށް ރައީސް ޞާލިހު ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މި ހަމަލާގެ ފަހަތުގައި ހުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަދި އިޤްތިސާދަށްވެސް ދެވުނު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިފަދަ ކަމަކަށް ދިވެހި ފަސްގަނޑުން ޖާގައެއް ނުދެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު މި ހަމަލާގައި ޖުމްލަ ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. މީގެ ތެރެއިން ޒަޚަމްވި އެމްއެންޑީއެފްގެ އެސްޕީޖީ އޮފިސަރުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި