08 May 2021 | 23:41
އިޒްރޭލްގެ ފުލުހުން އަޤްޞާ މިސްކިތަށް ދިން ހަމަލާގައި ގިނަ ބަޔަކު ޒަޚަމްވެއްޖެ

އިޒްރޭލްގެ ފުލުހުން، ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަށް ދިން ހަމަލާގައި ގިނަބަޔަކު ޒަޚަމްވެއްޖެއެވެ.

އިޒްރޭލްގެ ފުލުހުން ހަމަލާ ދީފައި ވަނީ އަޤްޞާ މިސްކިތުގައި މުސްލިމުން އަޅުކަމުގައި ތިއްބައެވެ. މީގެ ކުރިންވެސް އިޒްރޭލްގެ ފުލުހުން ވަނީ މިފަދައިން އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދީފައެވެ.

މި ހަމަނުޖެހުންތަކުގައި ފަލަޞްޠީނުގެ 205 މީހުންނާއި އިޒްރޭލްގެ 6 ފުލުހުންނަށް ވަނީ އަނިޔާ ވެފައެވެ. މިކަމުގެ ތެރޭގައި ހާހެއްހާ ފަލަޞްޠީނުގެ ރައްޔިތުންނާއި އެތައް ހާސް އިޒްރޭލްގެ ފުލުހުންނެއް ކުރިމަތިލާފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިއީ މިފަހުން ހުޅަނގު އައްސޭރީގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ހަމަނުޖެހުންކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.

ފަލަޞްޠީނުގެ ރެޑް ކްރެސެންޓް އިމަޖެންސީ ސާވިސް އިން ބުނި ގޮތުގައި އަޤްޞާ މިސްކިތަށް ދިން ހަމަލާތަކުގެ ސަބަބުން އަނިޔާވި 88 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ގިނަ ބައެއްގެ ލޮލަށާއި މޫނަށް ޒަޚަމްތަކެއް ލިބިފައިވެއެވެ.

އެމީހުންނަށް މި ޒަޚަމްތައް ލިބިފައި ވަނީ އެމީހުންނާއި ދެކޮޅަށް ސްޓަން ގްރެނޭޑް އާއި ގޭސް ބޮން ފަދަ ގޮވާތަކެތީގެ އިތުރުން ކަރުނަ ގޭސް އަދި ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.