މި ޤައުމު ސަލާމަތް ކުރުމަށް ނަޝީދުގެ ބޭނުންތެރިކަން އިންތިހާއަށް!: އިންތި

24 May 2021 | 12:06

މިޤައުމު ސަލާމަތްކުރުމަށް ރައީސް މުޙައްމަދު ނަޝީދު އިންތިހާއަށް ބޭނުންތެރިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމުގެ ގޮތުން އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ބަޔަކު ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ފޮޓޯއާއެކު އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަކީ ސިޔާސީ ލީޑަރުންނަށް ދައްކަން ނުކެރޭ އެތައްވާހަކައެއް ރައްޔިތުންގެ ޙައްޤުގައި ދައްކަވާ ބޭފުޅެއް ކަމަށެވެ.

"ލީޑަރުންނަށް ދައްކަން ނުކެރިފައި ހުންނަ ވާހަކަތައް ދައްކަން ކެރޭ ހަމަ އެކަނި ބޭފުޅަކީއެއީ. " އިންތިގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިންތި ވިދާޅުވީ، މިޤައުމު ސަލާމަތްކުރަން އެމަނިކުފާނުގެ ބޭނުންތެރިކަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް