17 May 2021 | 22:08
އިޒްރޭލުގެ ވެކްސިން ރާއްޖެއަށް: ނަސީމާއެކު އަނެއްކާވެސް އިސްރާއިލާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރަނީ؟

ކޮވިޑް-19އާއި ދެކޮޅަށް ބޭނުންކުރާ މޮޑާނާ ވެކްސިން ރާއްޖެއަށް ދިނުމަށް އިޒްރޭލުން ނިންމާފައިވާކަން ފެންމަތިވުމާއެކު ރާއްޖެއާއި އިޒްރޭލާ ދެމެދު ބަދަހިވަމުން އަންނަ "ސިއްރު" ގުޅުން މިވަނީ ރައްޔިތުންނަށް ހާމަވެފައެވެ.

އިޒްރޭލުގެ ދައުލަތުގެ މީޑިއާއެއްކަމަށްވާ "ކާން ނިއުސް"އާއި ހަވާލާދީ މަޝްހޫރު ބްލޫމްބާރގް ނިއުސްގައި މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުން ވަނީ ޖުމްލަ 19 ޤައުމަކަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. އެގޮތުން 1000 އަދި 5000އާއި ދެމެދުގެ އަދަދެއްގެ މޮޑާނާ ބްރޭންޑްގެ ވެކްސިން ޑޯޒްތައް ލިބޭ ޤައުމުތަކުގެ ތެރޭގައި، އެ ޚަބަރުގެ ތެރެއިން ވަނީ ދިވެހިރާއްޖޭގެ ނަންވެސް ވަނީ ހިމަނާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޮޑާނާ ވެކްސިނަކީ މިހާތަނަށް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދެވިފައިވާ ވެކްސިނެއްވެސް ނޫނެވެ.

އިޒްރޭލުން މިހާތަނަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފައިވަނީ ގުއެޓަމާލާ އަދި ހޮންޑިއުރާސްއަށެވެ. މި ދެޤައުމަކީވެސް އިޒްރޭލުގެ ސިޔާސަތުތަކަށް ތާއިދުކުރާ ދެޤައުމެވެ. އިޒްރޭލުން އެހެން ޤައުމުތަކަށް ވެކްސިން ހަދިޔާކުރުމަށް ކުރި މަސައްކަތަށް ބޮޑުވަޒީރު ބެންޖަމިން ނެތަންހާޔޫގެ ސަރުކާރުގެ ތެރެއިން ފާޑުކިޔުންތައް އަމާޒުވެ، އެކަމުގެ އެޓާނީ ޖެނެރަލް ވަކިގޮތެއް ނިންމަންދެން އެ ޕްރޮގްރާމް ކުރިއަށް ގެންދިއުން ވަނީ ހުއްޓުވާލާފައެވެ.

އިޒްރޭލު ވެކްސިން ދޭން ނިންމާފައިވަނީ ނަސީމް މިނިސްޓަރ ކަމާއި ހަވާލުވުމަށްފަހު

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގައި ދިޔަ "ވެންޓިލޭޓަރު ވައްކަން" ގޮތުގައި މަޝްހޫރުވެފައިވާ ބޮޑު ކޮރަޕްޝަންގެ ތުހުމަތަކަށްފަހު އެމަޤާމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރ އަމީން ވަނީ މަޤާމުން ވަކިކުރައްވާފައެވެ.

ނަސީމް އަދި އޭރުގެ އިޒްރޭލު ފޮރިން މިނިސްޓަރ

އެއަށްފަހު އެމަޤާމަށް ރައީސް ޞާލިޙް އައްޔަންކުރެއްވީ، ރައީސް ނަޝީދުގެ ވެރިކަމުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމްއެވެ.

ނަސީމްގެ ފޮރިން މިނިސްޓަރ ކަމުގައި އިޒްރޭލާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ.

އެގޮތުން "އައި ފްރޮމް ޒިއޯން"ގެ ނަމުގައި ރާއްޖެއަށް އިޒްރޭލުގެ ޑޮކްޓަރުން ގެނެސް ލޮލުގެ ކޭންޕެއް ވަނީ ބާއްވާފައެވެ.

"އައި ފްރޮމް ޒިއޯން" އަކީ 2007 ވަނަ އަހަރު އިސްރާއީލުގެ ވިޔަފާރި ވެރިއެއްކަމަށްވާ ނާތީ މާކަސް އުފެއްދެވި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާޢަތެކެވެ.

މިޖަމާޢަތުގެ މަޤްޞަދު ތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތަށް ބޭނުން ޖެހިފައިވާ ޤައުމުތަކަށް ބޭހާއި ޑޮކްޓަރުންގެ ޓީމުތައް ފޮނުވުމާއި އިސްރާއީލުގެ ދައުލަތައް ރީތި ނަން ހޯދައިދިނުން ހިމެނެ އެވެ.

ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވީނަމަވެސް އިޒްރޭލު ޑޮކަޓަރުން ބޭރު ނުކުރާނެ ކަމަށް އޭރުގެ ރައީސް ނަޝީދުގެ ތަރުޖަމާނު އަޙްމަދު ޒުހައިރު ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

"ސަރުކާރަށް ލިބޭ އެފަދަ މެޑިކަލް އެހީގެ ފުރުޞަތުތައް، ޚާއްޞަކޮށް ޓެކްނޮލޮޖީގެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެންދޭ ޞިއްޙީ ފަރުވާ، ދިވެހި ސަރުކާރުން ގަބޫލު ކުރަނީ ވަކި ޤައުމުތަކެއް ކަނޑައަޅައިގެން ބޭނުން ކުރާ އުސޫލަކުން ނޫން. ވީމާ އިޒްރޭލުން ފަލަސްޠީނަށް، މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅު ހެދުމާއި އެ މީހުންދޭ އިންސާނީ އެހީގެ ފުރުޞަތުތައް ބަލައިގަތުމަކީ ދެ ކަމެއް،" ޒުހައިރު ވިދާޅުވި އެވެ.

އޭގެ އިތުރުން އިޒްރޭލުން އެ ޤައުމުގެ ޤައުމީ އެއާލައިން "އެލް އާލް" އިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ރާވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކޫލުތަކުގެ މަންހަޖަށް އިޒްރޭލާއި ގުޅޭ ވާހަކަ ހިމެނުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

އެންމެ ބޮޑަށް ނަސީމްގެ ފޮރިން މިނިސްޓަރ ކަމުގައި ފާހަގަވެފައިވާ ކަމަކީ ޔުނެސްކޯގެ ދާއިމީ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް 211 ވަނަ އަހަރު އޮކްޓޯބަރު 31 ވަނަ ދުވަހު ނަގާފައިވާ ވޯޓުގައި ދިވެހި ރާއްޖެ ބައިވެރިނުވުމެވެ. ޖަލްސާގައި ބައިވެރިވިނަމަވެސް މި ވޯޓުގައި ރާއްޖެއިން ބައިވެރިވެފައެއްނުވެއެވެ.

އެހެންކަމުން 22 އޮކްޓޫބަރު 2020 ގައި ހެލްތު މިނިސްޓަރުކަމުގެ ހުވާކުރެއްވި މިނިސްޓަރު ނަސީމް މަޤާމާއި ހަވާލުވުމާއި އިޒްރޭލުން ރާއްޖެއަށް ވެކްސިން ދިނުމަށް ނިންމާފައިވާ ނިންމުމަކީ ފަރުދާގެ ފުރަގަހުގައި ރާއްޖެއާއި އިޒްރޭލާއި ދެމެދު ބަދަހިވަމުން އަންނަ "ސިއްރު" ގުޅުންތަކުގެ ތެރެއިން "ކޯރެއްގެ ކޯވަރެއް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.