Advertisement

ފަތުރުވެރިންނަށް ބޯޑަރ ހުޅުވާލުމަށް އޮސްޓްރޭލިޔާ އަދި ތައްޔާރެއް ނޫން

17 May 2021 | 21:22

ކޮވިޑް-19އާއި ދެކޮޅަށް ހޯދިފައިވާ ކާމިޔާބީއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، މި ދަނޑިވަޅުގައި ފަތުރުވެރިންނަށް އޮސްޓްރޭލިޔާގެ ބޯޑަރުތައް ހުޅުވާލަން ބޭނުން ނުވާކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާރސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އޮސްޓްރޭލިއާގައި ކޮވިޑް-19 ބަލީގައި މަރުވެފައި ވަނީ 910 މީހުންނެވެ. އަދި ބަލިޖެހުނު މީހުންގެ އަދަދު 30000 އަށް ވުރެ މަދެވެ. މިއީ ދުނިޔޭގެ ނިސްބަތުން މި ބަލީގައި އޮސްޓްރޭލިއާ އިން ރަނގަޅު ފިޔަވަޅުތައް އަޅައި ހޯދާފައިވާ ކާމިޔާބީއެކެވެ.

މި ކާމިޔާބީ މިގޮތަށް ދެމެހެއްޓުމަށްޓަކައި އޮސްޓްރޭލިޔާގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާނުލަން އެގައުމުން ވަނީ ނިންމާފައެވެ.

ޓީވީ އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން އެގަައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ގައުމުގެ ރައްކާތެރިކަމަށްޓަކައި ފަތުރުވެރިންނަށް އަދި އޮސްޓްރޭލިޔާގެ ބޯޑަރު ހުޅުވާލަން ތައްޔާރެއް ނޫންކަމަށެވެ. އަދި އެގައުމާއި ދުނިޔޭގެ އެހެން ގައުމުތަކާއި ތަފާތުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅު އެގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރުމަށް ހުޅުވާލެވިދާނެކަމަށް ލަފާކުރެވޭކަމަށާއި، މިކަމުގައި ހާއްސަ އުސޫލުތަކެއް އޮންނާނެކަމަށް މިނިސްޓާރ ސްކޮޓް މޮރިސަން ވިދާޅުވިއެވެ. މިގޮތުން ދަތުރު ކުރުމުގެ ކުރިން ވެކްސިންޖެހުން ފަދަ ކަންތައްތަކެއް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް