20 May 2021 | 14:53
ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ އީސަގެ ދިފާއުގައި ގާސިމް ނުކުންނަވައިފި

ކުރީގެ އަނބިކަނބަލުންނާއި ދަރިފުޅަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތުކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ދިފާއުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނުކުންނަވައިފިއެވެ.

އެގޮތުން ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕެއްގައި އީސަ ދިފާއުކުރައްވައި' ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. މީގެ ސްކްރީންޝޮޓްތަކެއް ދައުރުވަމުންދާއިރު، އެއީ އަސްލު ސްކްރީންޝޮޓްތަކެއްކަން "ވޮއިސް"އަށް ވަނީ ކަށަވަރުކުރެވިފައެވެ.

އެގޮތުން މެންބަރު އީސަގެ ވަޓްސްއެޕް ޕްރޮފައިލް ފޮޓޯގައި އޭނާގެ ކުޑަ ދަރިފުޅުގެ ފޮޓޯއެއް އެބައިންކަމަށްބުނެ، އެފަދައިން ލޯބިވާ ކުއްޖަކާއި މެދު އެފަދަ އަމަލެއް ހިންގަފާނެކަމަށް ގަބޫލުކުރަން ވަރަށް ދަތިކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތުކޮށް އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ދޮގުހަދަމުންދާކަމަށްވެސް ގާސިމް ނުސީދާ ގޮތަކުން ވަނީ ތުހުމަތުކުރައްވާފައެވެ. ގާސިމް މިފަދައިން ވިދާޅުވިއިރު އަސްރާގެ ބޭބެ އަދި ނައިބު ރައީސް ފައިސަލް ނަސީމަކީ ގާސިމާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.

އަދި ގާސިމް ވަނީ މިހާރު އޮތް ގެވެށި އަނިޔާގެ ގާނޫނުގެ ސަބަބުން އަންހެނުންނަށް "މާބޮޑަށް" ހިމާޔަތް ލިބެމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގެވެށި އަނިޔާގެ ގާނޫނު އެވަނީ ހައްދެއްނެތް މިންވަރަށް އަންހެންބޭފުޅުން ހިމާޔަތްކުރާ ގޮތަށް ހަދާފައިވާ ގާނޫނެއް"، ދައުރުވަމުންދާ މެސެޖްތަކުގައި ގާސިމް ވިދާޅުވެފައެވެ.

މީގެއިތުރުން ގާސިމް ވަނީ މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެކަމަށްބުނެ، މެންބަރު އީސަ ހައްޔަރުކުރުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރެވެންވާނީވެސް އީސަ ބަންދުގައި ނުބަހައްޓައި "އިންސާފުން" ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

މެންބަރު އީސަގެ ފަރާތުން ލިބުނު އަނިޔާތަކަށް، އޭނާގެ ކުރީގެ އަނބިކަނބަލުން ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާކަމަށްވެއެވެ. އީސަގެ ފަރާތުން އަސްރާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރުގައި. ދަރަނިތައް އަދާކުރުމާއެކުވެސް ރިޒާވް ފެންނަނީ ވަރުގަދަކޮށް
އެމްއެމްއޭ އިން ބުނީ މެއިމަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ދަރަނިދެއްކުން ފާހަގަކޮށްލެވެއެވެ
16 Jul 2026
ރިޕޯޓްފޮތްދީ ދަރިވަރުން ފުރަތަމަ ޓާމް ޗުއްޓީއަށް
ފުރަތަމަ ޓާމްގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.