މީގެ ކުރިން ކުޅެވުނު މެޗެއް ބަލަން މީހުން ބޮޑު ސްކްރީން ކައިރީ-
ހަބަރު
15 Jul 2026 | 16:58
މިރޭ އާޖެންޓީނާއާ އިންގްލެންޑްގެ ފޯރިގަދަ މެޗެއް؛ ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން

ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި މިރޭ އާޖެންޓީނާއާ އިންގްލެންޑް ކުޅޭއިރު، މި ފޯރިގަދަ މެޗާ ގުޅިގެން އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ އިލްތިމާސްގައި އިތުރަށް ބުނެފައިވަނީ، މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހަމަޖެހުމާއި ހައްގުތަކަށް ހާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމަށެވެ.

ފުލުހުން މިކަމަށް އިލްތިމާސް ކޮށްފައިވާއިރު، އާޖެންޓީނާއަކީ ދިވެހިންގެ އިތުރުން، ރާއްޖޭގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީން ސަޕޯޓްކުރާ ޓީމެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މީގެ ކުރިންވެސް އެ ޓީމު ކުޅޭ މެޗުތައް ނިމުމަށްފަހު، އާއްމުންނަށް އުނދަގޫވާ ގޮތަށް މަގުތަކާއި އެހެނިހެން ސަރަހައްދުތަކުގައި ބިދޭސީން އަޑުގަދަކޮށް އުފާފާޅުކުރާތީ އާއްމުން ޝަކުވާ ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.