ބާޒާރުމަތި.. ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2026 | 11:40
ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ފެންނަން ހުންނަގޮތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން އެންމެ ފުރަތަމަ ތައާަރފްކުރީ އަގުމަގު ޕޯޓަލެވެ. އެއީ 2025 ވަނަ އަހަރުގެ ރޯދަމަހަށް ހާއްސަކޮށެވެ. އޭރު ޕޯޓަލުން ފެންނަނީ ހަމައެކަނި މާލޭ ބާޒާރުގެ އަގުތަކެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު އަގުމަގު އެޕްލިކޭޝަން އެޕްސްޓޯރުތަކުން ޑައުންލޯޑުކޮށް ބޭނުންކުރެވޭނޭ ކަމަށެވެ. އެގޮތުން މި އެޕްލިކެޝަން މެދުވެރިކޮށް އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަނެ، ފަސޭހަކަމާއެކު ތަކެތީގެ އަގުތައް އަޅާކިޔައި، އަގުތަކަށް އަންނަ ބަދަލުތައް ބަލާލެވޭނޭކަމަށް މިނިސްތްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން އަގުމަގު އެޕްލިކެޝަން ތައްޔާރުކޮށް ލޯންޗުކޮށްފައިމިވަނީ ރައްޔިތުންނަށް ފަސޭހަކޮސްދިނުމުގެ ގޮތުންނެވެ. އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ފިހާރަތަކަށް ހިނގަން ނުޖެހި ގޭގައި ހުރެގެން ތަކެތީގެ އަގުތައް ބަލާލުމަށްފަހު ދާން ބޭނުންވާ ފިހާރަ ކަނޑައެޅިގެންދާނޭަކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން ބާޒާރުކުރުމަށް ހޭދަކުރަންޖެހޭ ވަގުތުތައް ވަރަށްބޮޑުތަނުން ސަލާމަތްވެގެން ދާނޭކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެޕްލިކެޝަނުގައި ހިމެނޭ ތަކެތީގެ އަގުތައް އަދާހަމަކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.