ޝެއިޚް ޒައިދުގެ ނަމުގައި ފޭކު ޓްވިޓަރ އެކައުންޓެއް!
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް ހިންގަން ފަށައިފިއެވެ.
"އަނެއް ދިވެހިރާއްޖެ" ނަމަކަށް ކިޔާ ޓްވިޓަރ އެކައުންޓަކަށް ޢަލީ ޒައިދުގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން މިއަދު ވަނީ ރައްދު ދީފައެވެ. "އަނެއް ދިވެހިރާއްޖެ" އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓެއްކަން ކުރިން ވަނީ ހާމަ ވެފައެވެ.
"އަނެއް ދިވެހިރާއްޖެ" ނަމަކަށް ކިޔާ އެކައުންޓަށް ފޭކް އެކައުންޓުން ކޮށްފައިވާ ކޮމެޓް މެންޝަންކުރައްވާ، ޝެއިޚް ޒައިދު ވަނީ އެއީ ފޭކް އެކައުންޓެއްކަމަށް ވިދާޅުވެފައެވެ.
ޝެއިޚް ޢަލީ ޒައިދުގެ އެކައުންޓްގައި ޔޫޒަރ ނޭމްއަކަށް ޖަހާފައިވަނީ aIizaid1000 އެވެ. ނަމަވެސް ފޭކް އެކައުންޓްގައި ޖަހާފައިވަނީ 1 ގެ ބަދަލުގައި aIizaidI000 މިފަދައިންނެވެ. އަދި ޕްރޮފައިލް ފޮޓޯއަކަށްވެސް ބޭނުން ކޮށްފައިވަނީ ހަމަ އެއް ފޮޓޯއެކެވެ.
މަޝްހޫރު ފަރާތްތަކުގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން އުޅުމަކީ ދޭތެރެއަކުން ހިނގާ ކަމަކެވެ. ނަމަވެސް، ފޭކް އެކައުންޓެއްކަން ފަޅާއަރާ ހިސާބުން އާންމުކޮށް އެ އެކައުންޓެއް ފޮލޯ ކުރުން ހުއްޓި އާންމުންގެ ޝައުގުވެރިކަމެއް ނުލިބެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists