އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން އެޕޓީގެ ރައީސް އަބްދުالله ޝާހިދު އާއި ޗެއާޕާސަން ފައްޔާޟު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
26 Jun 2025 | 09:27
އެހެން ޕާޓީތަކުން އެޖެންޑާ ކަނޑައަޅަނީ އެމްޑީޕީގެ އެޖެންޑާއަށް ބަލައިގެން: ޝާހިދު

އެމްޑީޕީގެ ފަހަތުން މަސައްކަތްކުރާ އެހެން ޕާޓީތަކުން އެޖެންޑާ ކަނޑައަޅަނީ އެމްޑީޕީގެ އެޖެންޑާއަށް ބަލައިގެން ކަމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، ފާއިތުވި 20 އަހަރުގެ ތެރޭގައި އެމްޑީޕީން ވަނީ، ރާއްޖެ އެދޭ ބަދަލު ރާއްޖެއަށް ގެނެސްދީފައި ކަމަށެވެ. އެގޮތުން ރާއްޖެއަށް އިސްލާޙީ ބަދަލުތައް ގެނެސް، ސިޔާސީ އަދި އިޖުތިމާޢީ އެޖެންޑާ ކަނޑައަޅައި ދިނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދުގެ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުންކަން ފާހަގަކުރައްވައި ޝާހިދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ފަހަތުން މަސައްކަތް ކުރާ ހުރިހާ ޕާޓީއެއްވެސް އެޖެންޑާ ކަނޑައަޅަނީ އެމްޑީޕީގެ އެޖެންޑާއަށް ބަލައިގެން ކަމަށެވެ. 

އަޅުގަނޑުމެންގެ ފަހަތުން މަސައްކަތް ކުރާ ސިޔަސީ ޕާޓީ ތަކުން، މިއަދު އެޖެންޑާ ކަނޑައަޅުއްވަނީ އަޅުގަނޑުމެންގެ އެޖެންޑާ ބައްލަވައިގެން. އެއީ އެމްޑީޕީއަށް ހޯދިފައުވާ އެންމެ ބޮޑު ކުރިއެރުން. ބޯހިޔާވަހިކަން، ދަތުރުފަތުރު، ހިލޭ ބޭސްފަރުވާ، ހިލޭ ޑިގްރީ، ރަށްރަށުގެ ތަރައްގީ، ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ތަރައްގީ ކުރަމުން ގެންދިޔުން. ވެރިކަމުގެ ބާރުތައް ބަހާލެވިފައިވުން،  އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމް، ސިޔާސީ ވާދަވެރި ހަރަކާތް ސުލްހަވެރިކަމާއެކު ހިންގުމުގެ ޖާގަ ހޯދައިދިނުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، މިހެން ގޮސް މި ހުރިހާ ކަމަކީވެސް އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ފުރުސަތުތައް

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު 

މިއާއެކު ޝާހިދު ވިދާޅުވީ، ހުރިހާ ގައުމަކާއި ގުޅިގެން މަސައްކަތްކޮށް، ދުނިޔޭގެ އިހްތިރާމް ރާއްޖެއަށް ހޯދައިދިނީވެސް އެމްޑީޕީން ކަމަށެވެ. 

އަދި މި 20 އަހަރު ފާހަގަކުރާއިރު ދެން އަންނާނެ އެންމެ ބޮޑު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާ، އެ އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރުމަކީ އެ ޕާޓީގެ އަޒުމް ކަމަށެވެ. 

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން އެޕާޓީން ވަނީ މުޅި އަހަރަށް ދެމިގެންދާ ގޮތަށް ގިނަ ހަރަކާތްތަކެއް ރާވާލާފައެވެ. އެގޮތުން، މިއަދު ހަރަކާތްތައް ފަށާފައިވަނީ ހެނދުނު ސަޔާއިއެކު ދިދަ ނެގުމުގެ ހަރަކާތަކުންނެވެ. އެފަހުން، އަހަރީ ދުވަހުގެ ކޭކުފެޅުން ބާއްވާފައިވާއިރު، އެމްޑީޕީ މެންބަރުންގެ މެދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ރޫހުގެ ފަރާތުން ”ލައުޑް އެންޑް ލޯކަލް“ ޕޮޑްކާސްޓެއް ވެސް މިރޭ ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.