N/A
N/A
ހަބަރު 26 May 2021 | 17:41

އިހުމާލަކުން މަރުވާ މީހާއަކީ މަރާލެވޭ މީހެއް: ޒަމްޒަމް ފާރިޝް

އިހުމާލުގެ ސަބަބުން މަރުވެގެންދާ ކޮންމެ މީހަކީ މަރާލެވޭ މީހެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ޒަމްޒަމް ފާރިޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހުމާލުގެ ސަބަބުން މަރުވެގެންދާ ކޮންމެ މީހަކީ މަރާލެވޭ މީހެއް ކަމަށާއި މިވަރަށް މީހުން މެރި ބަޔަކު ދިވެހި ތާރީޚަކުން ނުދެކޭ ކަމަށެވެ.

ޝައިޚްގެ ޓްވީޓު ނިސްބަތް ކޮށްފައިވަނީ އަދުގެ ސަރުކާރަށްކަމަށް ބެލެވެއެވެ. އަދި މިއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އެބަލީގައި މީހުން މަރުވަމުންދާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމަށްވާތީ ކުރައްވާފައިވާ ޓްވީޓެއް ކަން ފާހަގަ ކުރެވެއެވެ.

ޝައިޚް ޒަމްޒަމް ފާރިޝް ފާހަގަ ކުރެވިފައިވަނީ، މި ސަރުކާރުގެ އެކި ކަންކަމަށް ވަރަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ދުވާލަކު މި ބަލީގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. އެގޮތުން، މިއަދު އެކަނިވެސް މިހާތަނަށް 10 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ގިނަ އަދަދެއްގެ މީހުން އެއް ދުވަހާއި ނިޔާވަމުން ދާއިރު ސަރުކާރުން އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާ ކަމުގެ ޝަކުވާ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކާއި އެނޫން އާންމު ފަރާތްތަކުންވެސް އަންނަނީ ކުރަމުންނެވެ.

ފޮޓޯ: އިންޓަނެޓް

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ
08 Nov 2026 ހަބަރު

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
08 Nov 2026 ހަބަރު

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި
08 Nov 2026 ހަބަރު

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.