N/A
N/A
ހަބަރު 08 Jun 2021 | 15:38

ޓެރަރިސްޓް ހަމަލާގެ ތަޙުޤީޤު ލަސްވެ، އެމްޑީޕީގެ މެންބަރުންގެ ނުރުހުން ސަރުކާރަށް!

2021 މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންތައްތައް ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ތަޙުޤީޤުކުރަމުން ދާކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ސަރުކާރުން މިހެން ބުނަމުން ދިޔަނަމަވެސް، ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ހިތްތަކަށް ތަސައްލީއެއް ނުލިބެއެވެ. އެންމެ ބޮޑު ސަބަބަކަށް ވަނީ، މާޒީގައި މިފަދަ ކަންކަމުގެ ތަޙުޤީޤު ހިނގާފައި އޮންނަ ގޮތުގެ ތަޖުރިބާއެވެ. ނުޙައްޤުން މަރާލެވުނު އަދި ގެއްލުވާލެވުނު މީހުންނަށް އިންސާފު ހޯދައެއް ނުދެވެއެވެ. ޚާއްޞަކޮށް މި ފަދަ ކަންކަން ވަކި މުއްދަތެއްގައި ބަލާ ނިންމާ އިންސާފު ހޯދައިދޭނެ ކަމަށް ބުނެ ވަޢުދުވެ އައި ސަރުކާރަކުން މިހާތަނަށް އެ މައްސަލަތައް ބެލުމުގައި އިތުރު ކުރިއެރުމެއް ހޯދާފައި ނެތުމެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތުގެ އިނގިލިތައް ދިއްކުރެވިފައިވާ މީހުން ދޫވެފައި ތިބުމެވެ. އެމީހުންނާއި މެދު ގޮތެއް ނިންމިފައި ނެތުމެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފިއެވެ. އެއާއި އެކު، މިއީ ހަރުކަށި ފިކުރުގެ މަދު ބަޔަކުވެގެން ކުރިކަމެއްކަމަށް ބަލައި ތަޙުޤީޤު ނިންމައިގެން ސަރުކާރުން ތިބި ކަހަލައޭވެސް ހީވެއެވެ. ނަމަވެސް މިފަދަ ހަމަލާއެއްގެ ފަހަތުގައި ފޮރުވިފައި ތިބި ބާރުހުރި ބަޔަކު ވާނެކަމީ ވިސްނާލައިފިނަމަ އެނގެން އޮތް ކަމެކެވެ. މި ހަމަލާގެ ތަޙުޤީޤުގެ ކަންތައްތަކާއި މެދު ހިތްހަމަ ނުޖެހި އެންމެ ބޮޑު އުދާސްތަކެއްގައި ތިބީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކާއި ފަންޑު ކުރި ބަޔަކު ހޯދަން އެ ސަޕޯޓަރުން ތަކުރާރުކޮށް ކޮންމެ ދުވަހަކު ގޮވާލައެވެ. އަދި މަޖިލީހުގެ މެންބަރުންވެސް ދަނީ އެ ހަމަލާއަށްފަހު ހިނގާ ކޮންމެ ދުވަހެއްގައި އިންސާފަށް އެދި ވަކިވަކިން ޓްވީޓު ކުރަމުންނެވެ.

ފާހަގަ ކޮށްލެވެނީ، މި މައްސަލާގައި އިދިކޮޅުގައި ތިބޭ ބަޔަކު ސަރުކާރަށް ފާޑު ނުކިޔާ ވަރަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ސަޕޯޓަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާކަމެވެ. ނުވިތާކަށް އެމްޑީޕީގެ "މަންމަ" ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިސްތިއުފާއަށް ވެސް ގޮވަނީއެވެ. ސިފައިންގެ ވެރިންގެ އިސްތިއުފާއަށް ވެސް ގޮވަނީއެވެ. ސަރުކާރަށް ޖޯކުވެސް ޖަހަނީއެވެ. އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީ މެންބަރުން ސަރުކާރަށް މިވަރަށް ފާޑުކިޔާ މަންޒަރު މި ފެނުނީ އަލަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، ސެކިއުރިޓީ ދޭ ފަރާތްތަކުގެ ފެއިލްވުމެއް އުޅޭ ކަމާމެދު ޝައްކު ނުކުރަނީ މަދު ބައެކެވެ. ނަމަވެސް، ސިފައިންނަށްވެސް މިކަމުގައި ދެއްކިދާނެ ވާހަކަތަކެއް ހުރީތީ، ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވެފައި އޮންނަކަން، އޮންލައިން ނޫހަކަށް އެވަނީ އޭގެ ތެރެއިން ބޭފުޅެއް ކަމަށް ބެލެވޭ ބޭފުޅަކު ކިޔާދީފައެވެ. ރައީސް ނަޝީދު އުޅުއްވާލެއް "ހަލަނި" ކަމުން ސެކިއުރިޓީ ދޭން ދަތިވާކަން މިއޮތީ ފެންމަތި ކޮށްފައެވެ.

މިވާހަކަ މިގޮތަށް ދެއްކުންވީ، ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ހަޖަމު ކުރަން ދަތި ވާހަކަ އަކަށެވެ. އެވާހަކަ ކުށްވެރިކޮށް އެމްޑީޕީން ނޫސް ބަޔާނެއް ވެސް ނެރެފިއެވެ. ޓްވިޓާ ވެސް ކެކިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ސަރުކާރާއި ސިފައިންނަށް ނުކިޔާ އެއްޗެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ފާޅުގައި ފާޑުކިޔަނީއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި ރައީސް ނަޝީދަށް ސަޕޯޓްކުރާ ބައެއް މެންބަރުން ބުނަމުން ދަނީ، ސަރުކާރުން މިކަމުގައި ފަރުވާ ކުޑަކަމަށެވެ. އަދި ބަހަނާތައްވެސް ގިނަކަމަށެވެ. އެގޮތުން ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ހުންނަ ތަނުންނާއި ހުންނަ ގޮތުން ސެކިއުރިޓީ ދޭން އުނދަގޫ ވާހަކަ ވީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ބޮޑު ޖޯކަކަށެވެ.

މިކަމުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ މަތީ ފަޑީގައި ތިބި އެންމެންނަކީ މިސަރުކާރަށް ބަސް ކިޔޭނެ ފަދަ، އަދި ސީދާ ރައީސް އަރިހުގައި ވެސް، އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަރިހުގައި ވެސް ބިރެއް ނެތި ބަސް ބުނެވޭފަދަ ބޭފުޅުން ކަމެވެ.

ވީއިރު، އެ އުދާސްތައް މީސްމީޑިއާގައި އެހާ ފާޅުގައި ގޮވަން ޖެހޭ ސަބަބެއް ވެސް އޮންނާނެއެވެ. އެއް ގޮތަކީ، ރައީސާއި ސީދާ ވާހަކަ ދެއްކެން އޮވެމެ، ބޭރު ފުށުން އިންސާފަށް ލޯބިކުރާ ބައެއްކަން، އިންސާފަށް ގޮވާލާ ބައެއްކަން ހާމަ ކުރުމުގެ ބޭނުންތެރިކަން އެމްޑީޕީ މަޖިލިސް މެންބަރުންނާއި މަތީ ފަޑީގެ މެންބަރުންގެ ބޮޑު ވުމެވެ. ދެވަނަ ގޮތަކީ، އުފެދުނު ނުތަނަވަސް ކަމުގައި ގުޅުންތެރިކަން ކުޑަ ވެފައި ވުމެވެ. ނޫނީ ގުޅިގެން ވާހަކަ ދައްކަން ބޭނުން ނުވުމެވެ.

ކޮންމެއަކަސް މި ކަންތައްގަނޑު މިހާ ގިނަދުވަހު މިހެން ހިނގާނަމަ، ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ހިތުގައި ނުފިލުވޭފަދަ ލަތްގަނޑެއް ލާނެއެވެ. އޭގެ ސަބަބުން ރައީސް ޞާލިޙާއި މެދު އުފެދިދާނެ ނަފުރަތެއްގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތީމެވެ.

މޭ 6 ގެ ހަމަލާގެ އަޑިއާއި ފަންޑު ކުރި މީހުން ނުހޯދި ހިނގާ ކޮންމެ ދުވަހެއް ވާނީ މި ސަރުކާރަށް ތާއިދު ކުޑަވެ، ބަލިކަށިވެގެންދާނެ ދުވަހަކަށެވެ. އަދި ބައިބައި ނުވެ އެންމެ ގިނަ ދުވަހު ދެމި އޮތް ރާއްޖޭގެ ސިޔާސީ ޕާޓީގެ ބައިބައި ވުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ޖަލަށް ލުމަށް ހުކުމްކޮށްފި
27 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ޖަލަށް ލުމަށް ހުކުމްކޮށްފި

ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.