30 May 2021 | 02:10
ޗެމްޕިއަންސް ލީގު ތަށި މިފަހަރު ޗެލްސީ އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީ ހޯދައިފި އެވެ.

ޕޯޗުގަލްގެ ޕޯޓޯގައި މިރޭ ކުޅެވުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 1 ލަނޑު 0 ލަނޑުން މެންޗެސްޓަރ ސިޓީ ބަލިކޮށްފައެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިގެން ދިޔައެވެ.

މިގޮތުން ޗެލްސީއިން ލަނޑު ޖެހުމުގެ ކުރިން އެޓީމުގެ ވާނަރ އަށާއި ސިޓީގެ ފޯޑެންއަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.

މެޗުގައި ޖެހި ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި ޖަހާފައިވަނީ ޗެލްސީގެ ކައި ހާވޭޒްއެވެ. އެޓީމުގެ މައުންޓް ހުސްކޮށްލާފައި ދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ކީޕަރުވެސް ކަޓުވާލާފައެވެ.

ދެވަނަ ހާފުގައި ޗެލްސީއަށް ލީޑު ފުޅާ ކޮށްލަން އެޓީމުގެ ޕުލިސިޗްއަށް ހުސް ފުރަޞަތެއް ލިބިގެން ދިޔައެވެ. އޭނާ އޭރިއާތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މެޗުގެ ފަހު ވަގުތުކޮޚު ސިޓީގެ މުޅި ޓީމު ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ޗެލްސީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާފައި އެކަން ކުރެވޭގޮތެއް ނުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ