އިސްތިއުފާ ދޭންޖެހޭކަމެއް ނޭނގޭ: މިނިސްޓަރ ނަސީމް

03 Jun 2021 | 12:43

އިސްތިއުފާ ދެއްވަންޖެހޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވީ، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، އެމަނިކުފާނު އިސްތިއުފާ ދެއްވަންޖެހޭ ކަމެއް ނޭނގޭ ކަމަށާއި ރިޕޯޓުތަކަށް ބެލުމަށްފަހު އިހުމާލެއް އޮތްތޯ ބަލަމުންދާނެ ކަމަށެވެ.


Advertisement

ކޮމެންޓް