09 Jun 2021 | 20:43
މިނިސްޓަރ މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް އަންގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފަށް ދަޢުވާ ކޮށްދިނުން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން އެދިފައިވަނިކޮށް، މަޚްލޫފް މިނިސްޓަރު ކަމުގެ މަޤާމުން އެކަހެރިވުމަށް އަންގައިފިއެވެ.

މަޚްލޫފް މަސްޢޫލިއްޔަތުން އެކަހެރި ކުރިކަން ޔަޤީން ކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މަޚްލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އޭސީސީން ފޮނުވާފައިވާތީ، އެކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ވަކި ގޮތެއް ނިންމަވަންދެން، މިނިސްޓަރ މަޚްލޫފް މަސްއޫލިއްޔަތު އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ. 

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚުލޫފަށް ލިބިފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. އެގޮތުން، އެ ބިލު ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށެވެ.

އަދި އެ ވޯޓަށްފަހު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚުތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަދީބު، މިނިސްޓަރ މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙުޤީޤުން އެނގޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން އިތުރަށް ބުނީ މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚްލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙުޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށެވެ.

އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙުޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ
މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ
28 Jun 2026
ސަމާލުވޭ! ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ
ކޮންޓެއިނަރ ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން
27 Jun 2026
އަޑިއަށް ދިޔައީ މުދާ ބަރުކޮށްގެން ވ އަތޮޅަށް ދާން އުޅުނު ދޯންޏެއް
"ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން
27 Jun 2026
ޓީޖެޓީ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދެއް އަޑިއަށްދަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ބޮޑުބައި މިހާރު ފެނު އަޑީގައި އޮތްއިރު، އެ ދޯނީގައި މުދާވެސް ހުއްޓެވެ.
27 Jun 2026
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް
އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ
27 Jun 2026
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ