10 Jun 2021 | 21:18
ޔޫރޯ 2020 ޑިޖިޓަލް ފޭސް ޕެއިންޓްގެ ފޯރިއާއިއެކު!

މިއަހަރުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭނެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫރޯ 2020 ފެށުމަށް މިވަނީ މަދު ދުވަސްކޮޅަކަށް ވެފައެވެ. 2020ގައި ބޭއްވުމަށް ފުރަތަމަ ރޭވިފައި އޮތްނަމަވެސް ކޮވިޑް-19ގެ އާލަމީވަބާގެ ސަބަބުން މި މުބާރާތް ފަސްކުރެވުނެވެ. މިހާރު މި މުބާރާތް ފެށުމަށް ތައްޔާރުވަމުންދަނީ 11 ޖޫންގައެވެ.

ޔޫރޯ މުބާރާތްތަކަކީ އެތަކެއް އަހަރުތަކެއް ވަންދެން ދިވެހިން ފޯރިއާއެކު ބަލަމުންދާ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް ބެލުމަށް ބޮޑު ސްކްރީން ހަރުކޮށް، ކެއުންތައް ކައްކައި މީހުން އެއްވެ ތިބެގެން މެޗުތައް ބެލުމަކީ ދިވެހިން އަބަދުވެސް ކުރަމުންދާ ކަމެކެވެ. އެހެނަސް މިފަހަރު ގިނަބަޔަކަށް އެކަން ވެދާނެހެން ހީނުވެއެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަބަޔަކަށް އެއްވެ ތިބެ މެޗުތައް ނުބެލުނު ނަމަވެސް، ދިވެހިންގެ ހިތްތަކުން މުބާރާތާއި މެދުގައި އޮންނަ ލޯތްބާއި ޖޯޝް ނުދާނެކަން ކަށަވަރެވެ. އެ ލޯބި ދައްކާލުމަށް ކުރެވިދާނެ އެއްކަމަކީ ޑިޖިޓަލް ފޭސް ޕެއިންޓެވެ.

މިކަމަށްޓަކައި "ދަ ކޮންސެޕްޓް"އިން މިވަނީ ޚާއްސަ ކަމެއް ފަށާފައެވެ. އެގޮތުން އެމީހެއްގެ ފޮޓޯއާއި ސަޕޯޓްކުރާ ޓީމެއްގެ ނަން، ދަ ކޮންސެޕްޓްގެ އިންސްޓަގްރާމް ޕޭޖް ނުވަތަ ހޮޓްލައިން ނަންބަރުކަމަށްވާ 9699906 އަށް ވަޓްސްއެޕް ކޮށްލުމުން ޑިޖިޓަލް ފޭސް ޕެއިންޓް ކޮށްދޭނެއެވެ. މިކަން ހެޔޮ އަގެއްގައި ކޮށްދޭއިރު، އެކި ޑިޒައިންތަކަށްވެސް މިކަން ކުރެވޭނެކަމަށް ދަ ކޮންސެޕްޓްއިން ވަނީ ބުނެފައެވެ.

ޑިޖިޓަލް ފޭސް ޕެއިންޓްގެ އެންމެ ބޮޑު ފަސޭހައަކީ ދިގު މުއްދަތަަކަށް ރައްކާތެރިކުރެވޭނެއިރު، މިއީ އެލާޖިކްތަކުން ސަލާމަތްވެވޭނެގޮތެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯއަށް ތައްޔާރުވާންވީ ގައިދުރުކަމާ އެކުގައެވެ. ޑިޖިޓަލް ފޭސް ޕެއިންޓާއި އެކުގައެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.