10 Jun 2021 | 23:24
މިއީ އެއްބައެކޭ ބުނަން ލަދުގަނޭ: މެންބަރު އިންތި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަކީ އެއްބައެކޭ ބުނަންވެސް ލަދު ގަންނަ ކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް މިހާރު ކުރިޔަށް ގެންދަމުންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިކޮޅު ތޮރުފާލާ، އަންދާލާ، ފިހެލާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޔާޒު ކޮމެޓީގައި، ހިނގާ ދިޔަ ކަންތަކާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އިންތި ވިދާޅުވީ، އަނިޔާ ލިބިވަޑައިގެންނެވި ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުން ބޭރު ކޮށްލަން ފާސްކުރީ އެމްޑީޕީއާއި ގުޅުމެއްވެސް ނެތް ފަރާތެއް، އަދި ޕާޓީގެ ރައްޔިތުން ގަބޫލުވެސް ނުކުރާ ބޭފުޅަކު ހުށަހެޅުއްވި ގޮތަށް ކަމަށެވެ. އެކަން ކުރީ އެމްޑީޕީގެ މެންބަރުން އެތާ ތިބެގެން ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، މިކަން އިންތިހާއަށް ކުށްވެރި ކުރާ ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށެވެ. އަދި އެއްޓީމެއްގެ ގޮތުގައި އެއް ސިފައެއް ޖައްސައިގެން ތިބެން ލަދު ގަންނަ ކަމަށާއި، މިއީ އެއް ބައެކޭ ބުނަންވެސް ލަދުގަންނަ ކަމަށް އިންތި ވިދާޅުވިއެވެ. އަދި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަންވެސް ލަދު ގަންނަ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ނިންމުމާއި ގުޅިގެން، އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ދަނީ، މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ބައެއް މެންބަރުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.