ޔޫރޯ 2020: ނެދަލޭންޑްސްއަށް ގްރޫޕްގެ އެއްވަނަ، އޮސްޓްރިއާ ވެސް ދެވަނަބުރަށް

22 Jun 2021 | 00:10

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސީ އިން އެއްވަނަ މަގާމާއެކު ދެވަނަބުރަށް ނެދަލޭންޑްސް ދަތުރުކުރިއިރު ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

ނެދަލޭންޑްސް އެއްވަނަ ހޯދީ މިރޭ ނޯތް މެސެޑޯނިއާ 3-0 އިން ބަލިކޮށްގެންނެވެ. އެއާއެކު އެ ޓީމު ދެވަނަބުރަށް ދިޔައީ އެއްވަނައިގައި 9 ޕޮއިންޓާއެކު އެވެ. އެއީ ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

އޮސްޓްރިއާ ދެވަނަބުރަށް ދިޔައީ ޔޫކްރެއިން 1-0 އިން ބަލިކޮށްގެންނެވެ. އޮސްޓްރިއާ ދެވަނަބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ތިންވަނައިގައި ޔޫކްރެއިން ތިން ޕޮއިންޓާއެކު އޮތްއިރު ފުލުގައި ނޯތް މެސެޑޯނިއާ އަށް ޕޮއިންޓެއް ނުލިބެއެވެ. ޔޫކްރެއިނަށް އަދިވެސް ދެވަނަބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ޔޫކްރެއިން ބަލިކޮށް އޮސްޓްރިއާއިން ދެވަނަބުރު ކަށަވަރުކުރި ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓޮޕް ބައުމްގާޓްނާއެވެ.މީގެއިތުރުންވެސް އޮސްޓްރިއާ އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީވެސް އެ ޓީމުންނެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރިއާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ދެވަނަބުރުގައި އެ ޓީމު ބައްދަލުކުރާނީ ވަރުގަދަ އިޓަލީއާއެވެ.

ނެދަލޭންޑްސް އިން ނޯތު މެސެޑޯނިއާ ބަލިކުރި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ވައިނަލްޑަމް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ.

Advertisement

ކޮމެންޓް

Advertisement