22 Jun 2021 | 16:10
ޢަލީ ވަޙީދުގެ މައްސަލާގައި ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށް: ޕީޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެންކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާގުޅޭ "އަޑުއެހުމެއް" އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނުކަމަށެވެ.

އެ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށާއި، މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިޢުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލު ކުރިމަތިކުރުވާފައިވާކަމަށް ޕީޖީން ބުންޏެވެ.

ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޕީޖީން ބުނީ، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރިކަމަށްވެސް ޕީޖީން ބުންޏެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ، ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށްކަމަށެވެ.

ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހޭކަމަށާއި، އެހެންކަމުން މިކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ޙިއްޞާކޮށްދިނުމަށް ދެންނެވިކަމަށް ޕީޖީން ބުންޏެވެ. ނަމަވެސް އެ ނިންމެވުން ކޯޓުން ޕޖީ އޮފީހާ ޙިއްޞާކޮށްފައެއް ނުވާކަމަށާއި، އެ ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވިކަމަށް ވެސް ޕީޖީގެ ބަޔާނުގައި ވެއެވެ.

ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންނާތީ، އެވިދާޅުވާ ލަފާފުޅުވެސް ލިޔުމުން ޙިއްޞާ ކޮށްދެއްވުމަށް އެދުނުކަމަށްވެސް ޕީޖީން ބުންޏެވެ. އަދިވެސް އެލިޔުމެއް ނުލިބޭކަމަށްވެސް ޕީޖީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

ޕީޖީން ބުނީ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ޢަލީ ވަޙީދުއަށް ލިބިދިން މި ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެދަށުން މި ފުރުޞަތު އިތުރަށް ލިބިނުދެވޭނެތީ، ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ދައުލަތުން އިޢުތިރާޟުކުރިކަމަށެވެ.

ނަމަވެސް ޢަލީ ވަޙީދުއަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ޤާޟީ ނިންމަވާފައިވާކަމަށް ޕީޖީން ބުންޏެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީ އޮފީހާ ޙިއްޞާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެލިޔުންތައް އެ އޮފީހަށް ދީފައިނުވާކަމަށާއި، ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށްއެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް، ޤާޟީ ޙަސަން ސަޢީދު އެ އޮފީހާ ހިއްސާކޮށްފައެއް ނުވާކަމަށްވެސް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ، ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮންނަކަމަށާއި، އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭ ކަމަށެވެ.

އަދި އެޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމެވުމާބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، އެއޮފީހަށް ފޮނުވައިދިނުމުންކަމަށްވެސް ޕީޖީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.