ޕަލްސް ޕޮޑްކާސްޓްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Jul 2026 | 19:46
މިއަންނަ އަހަރު ފަހުކޮޅު ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތަކުގެ މަސައްކަތް ނިމޭނެ: ރައީސް މުޢިއްޒު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި މިހާރު ފެށިފައިވާ ކުޅިވަރު މަޝްރޫޢުތައް ނިމުމާ އެކު ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ސެންޓަރެއް ޤާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

"އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ" ރައީސް ވިދާޅުވިއެވެ.

ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައި ވެސް ތަފާތު ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރެއްވުމުގެ ޕްލޭންތައް ރައީސް ހާމަކުރެއްވިއެވެ. އެ ގޮތުން ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ބިނާކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓިން ޓްރެކަކާއި ޒަމާނީ ގޯކާޓް އެރީނާއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ތަންތަން 2028 ވަނަ އަހަރުގެ ކުރީކޮޅަށް ނިމޭނެ ކަމަށް ވިދާޅުވިއެވެ. އެ ތަންތަނުގައި ގާތްގަނޑަކަށް 1,200 މީހުންގެ ޖާގަ ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ރާވާފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ރާޅުގަނޑު ސަރަޙައްދުގައި ސާފިން ސްޓޭޑިއަމެއް ޤާއިމުކުރުމާއި ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއް ތަރައްޤީކުރުން ހިމެނެއެވެ. އޭގެ އިތުރުން ފުޓްސަލް ސްޓޭޑިއަމްތަކާއި ނެޓްބޯލް ސްޓޭޑިއަމްތައް ވެސް ބިނާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެކަނި ވެރިރަށް މާލެއަށް ކުޅިވަރު ވަސީލަތްތައް ޖަމާކުރެއްވުމަކީ ސަރުކާރުގެ އަމާޒު ނޫން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އަތޮޅުތެރޭގައި ޔޫތް ހަބްތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ މިހާރު ދޫކުރައްވާފައިވާ ކަމަށެވެ.

"މިއީ ފެށުމެއް. ހަމައެކަނި މާލެއަކު ނޫން. މާލެ އާއި ހުޅުމާލެގެ އިތުރުން އަތޮޅުތެރޭގައި ވެސް ޔޫތްހަބްތައް ހެދުމަށްޓަކާ، އެއްބަސްވުންތައް އެކުލަވާލާ، އެކަމަށް ބޭނުންވާ ފައިސާ ދީފައިވާނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ހުރިހާ މަޝްރޫޢުތަކަކީ ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެތްކެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. މި މަޝްރޫޢުތައް ޝެޑިއުލާ އެއްގޮތަށް ނިމޭ ނަމަ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ދާއިރާގެ ޢުމްރާނީ ވަސީލަތްތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް އަންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.