ޓީއެމްގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރޕާސަން މަރިޔަމް ޝިއުނާ- ފޮޓޯ/ މިހާރު
ހަބަރު
24 Jul 2026 | 17:06
ޓްރާންސްޕޭރެންސީން ވަކިކުރި މުވައްޒަފަކަށް ބަދަލުދޭން ކޯޓުން އަމުރުކުރުމުންވެސް ނުދިން

ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓްރާންސްޕޭރެންސީން ފައިސާ ނުދިނުމުން ސިވިލް ކޯޓުން މިހާރު ވަނީ އެ ފައިސާ އެ ޖަމިއްޔާގެ އެކައުންޓުގައި ހިފަހައްޓާފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު، ޢަލީ ޝަރީފް އެހެން ވަޒީފާއަކަށް ދާން އުޅޭކަމުގެ މަޢުލޫމާތު ދިނުމުން، އޭނާ އިސްތިއުފާ ނުދެނީސް ވަޒީފާއިން ވަކިވާނެ ތާރީޚުތައް ކަނޑައަޅައި މެނޭޖްމަންޓުން އީމެއިލް ފޮނުވިއެވެ. މި އީމެއިލްތަކަކީ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސްއެއްގެ ގޮތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓުން ވެސް ވަނީ ކަނޑައަޅާފައެވެ.

ކޯޓުތަކުގެ ނިންމުން

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 2021 ވަނަ އަހަރު ނިންމީ، ޢަލީ ޝަރީފް ވަކިކޮށްފައިވަނީ "ކޮންސްޓްރަކްޓިވް ޑިސްމިސަލް" ނުވަތަ މަޖުބޫރުކޮށްގެން ވަޒީފާއިން ވަކިކުރުމުގެ އުސޫލުން ކަމަށެވެ. އަދި އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިވި ދުވަހުން ފެށިގެން ހުކުމް ކުރި ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަމުރުކުރިއެވެ.

މި ނިންމުން ޓްރާންސްޕޭރެންސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަހަރުގެ ފެބްރުއަރީ މަހު ހައިކޯޓުން ވެސް ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި:

- އެއް މަސްދުވަހުގެ ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަކީ އެއްބަސްވުމާ ހިލާފު ކަމެކެވެ.

- މުވައްޒަފާ މަޝްވަރާ ނުކޮށް އަހަރީ ޗުއްޓީގެ ތާރީޚުތައް ކަނޑައެޅުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމެކެވެ.

- އޮފީހުގެ މުވައްޒަފުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ވަކިކޮށް، އެކަހެރިކުރުމަކީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ކުރި ތަފާތުކުރުމެކެވެ.

ފައިސާ ހިފެހެއްޓުމުގެ އަމުރު

ހައިކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ދިން ތިން ދުވަހުގެ މުއްދަތުގައި ޓީއެމްއިން ފައިސާ ނުދެއްކުމުން، ޢަލީ ޝަރީފް އެދިފައިވަނީ އެ ޖަމްއިއްޔާގެ އެކައުންޓުތައް ފްރީޒް ކުރުމަށެވެ. ނަމަވެސް ސިވިލް ކޯޓުން އަމުރުކުރީ ހަމައެކަނި ދައްކަންޖެހޭ 356,932 ރުފިޔާ އެކައުންޓުގައި ހިފެހެއްޓުމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނާ ގޮތުގައި އެކައުންޓުތައް ފްރީޒްކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައި ކަމަށާއި، ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމް ކުރާނެ ކަމަށް އެ ޖަމްއިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޢަލީ ޝަރީފްގެ ބަސް

މިކަމާ ގުޅިގެން ޢަލީ ޝަރީފް ބުނީ، އޭނާ ހެޔޮ ނިޔަތުގައި އައު ފުރުސަތެއްގެ ވާހަކަ ހިއްސާކުރުމުން ކަންތައްތައް މިހާ ގޯސްވެގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. މި މައްސަލައިގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި، އަމިއްލަ މުޖުތަމައުން އެކަހެރިވާން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ހާދިސާ ހިނގިއިރު ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ހުންނެވި މަރިޔަމް ޝިއުނާއަކީ ފަހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޓީއެމްގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރޕާސަންގެ މަގާމުގައެވެ.

މި މައްސަލައިގެ ފައިނަލް ހުކުމެއް ސުޕްރީމް ކޯޓުން ނިންމަންދެން، މިހާރު ކޯޓުން ކަނޑައަޅާފައިވާ ފައިސާ ހިފެހެއްޓިފައި ހުންނާނެއެވެ. ޢަލީ ޝަރީފް ދައުވާ ކުރާ ގޮތުގައި، 2021 އިން ފެށިގެން މިއަދާ ހަމައަށް އޭނާއަށް އިތުރު 1.3 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.