22 Jun 2021 | 23:39
ނޭޕާލުން ސިނޮފާމް ވެކްސިން ގަންނަން އުޅޭކަމަށް ބުނާ އަގު ނޫހަކުން ހާމަކުރުމުން ނުތަަނަވަސްކަމެއް!

ނޭޕާލްގެ ސަރުކާރުން ޗައިނާގެ ސިނޮފާމް ކުންފުނީގެ އަތުން ކޮވިޑް ވެކްސިން ގަތުމަށް ރާވާފައިވާކަމަށްބުނެ ޑޯޒެއްގެ އަގު އެގައުމުގެ ނޫހަކުން ހާމަކުރުމުން ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެއްޖެއެވެ.

ނޭޕާލްގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ކަތަމަންޑޫ ޕޯސްޓް"ގައި އެގައުމުގެ ކޮމާރސް މިނިސްޓަރ ރާޖްކިޝްވޮރް ޔާދަވްއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި، ނޭޕާލްގެ ކެބިނެޓުން ވަނީ ސިނޮފާމް ކޮވިޑް ވެކްސިންގެ ހަތަރު މިލިޔަން ޑޯޒް ގަތުމުގެ ހުއްދަ ނޭޕާލްގެ ހެލްތު މިނިސްޓްރީއަށް ދީފައެވެ. މި ވެކްސިންތައް ގަތުމަށް ހަމަވެފައިވަނީ ނޮން-ޑިޒްކްލޯސަރ އެގްރީމެންޓެއްގެ ދަށުން ނަމަވެސް އެ ނޫހުން ވަނީ ސަރުކާރުގެ މަސްދަރުތަކަކާއި ހަވާލާދީ އެ ވެކްސިންތަކުގެ ޑޯޒްތަކުގެ އަގުތައް ހާމަކޮށްފައެވެ.

އެގޮތުން ނޭޕާލުން ގަންނަ ސިނޮފާމް ވެކްސިންގެ ދެ ޑޯޒެއްގެ އަގު 20 ޑޮލަރަށް އަރާފާނެކަމަށް އެގައުމުގެ ކެބިނެޓްގެ މިނިސްޓަރަކާއި ހަވާލާދީ ބުނެފައެވެ. މިކަމަށް އެއްވެސް ހެއްކެއް އެ މިނިސްޓަރ ދައްކާފައި ނުވާކަމަށް އެ ނޫހުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ "ދަ ޑެއިލީ ސްޓާ"ގައިވެސް މިދިޔަ މަހުގައި ވަނީ ސިނޮފާމް ވެކްސިންގެ ދެ ޑޯޒެއްގެ އަގަކީ ހަމަ 20 ޑޮލަރުކަމަށް ބުނެފައެވެ. ނަމަވެސް ސްރީލަންކާގެ "ޑެއިލީ މިރާ" ނޫހުގައި ބުނެފައިވާ ގޮތުގައި އެގައުމުން ދެ ޑޯޒަށް 30 ޑޮލަރު ދައްކަން ޖެހުނެވެ.

މީގެ ކުރިން ނޭޕާލުން ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގެ އަތުން ކޮވިޝީލްޑް ވެކްސިންތަކެއްވެސް ގަނެފައެވެ. މި ވެކްސިންތައް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ޑޯޒެއް ވިއްކާފައިވަނީ 4 ޑޮލަރަށެވެ. ނަމަވެސް ދެ މިލިޔަން ޑޯޒްގެ މި އެއްބަސްވުމުގެ ތެރެއިން ސީރަމް އިންސްޓިޓިއުޓަށް ނޭޕާލަށް ފޯރުކޮށްދެވުނީ އެންމެ މިލިޔަން ޑޯޒެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަ ކަތަމަންޑޫ ޕޯސްޓްގެ މި ޚަބަރާއި މެދު ނޭޕާލްގެ ހެލްތު މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ވެކްސިންގެ އަގު ފަދަ ހައްސާސީ ކަންތައްތައް މީޑިއާއިން ރިޕޯޓްކޮށްފައި ގޮތާއި މެދު ކަންބޮޑުވާކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓްރީން ވަނީ ސިނޮފާމް ވެކްސިން ގަތުމުގެ އެއްބަސްވުމަކާއި ހަމައަށް އާދެވިފައި ނުވާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި، ނޭޕާލުން ވެކްސިންތައް ގަންނަ އަގު ހާމަވުމުން އެކަމާއި މެދު ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި، މިފަދަ ހާލަތެއްގައި ވެކްސިންތަކުގެ ޑެލިވަރީ ލަސްވުން ފަދަ ކަމެއްވެސް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.