30 Jun 2021 | 19:03
ދިވެހި އެތުލީޓެއް ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ބަދަލުގައި ދުވުނީ އިންޑިއާގެ އެތުލީޓެއް

މި ހަފުތާގައި ނިމުނު އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ އަންހެން ދުވުންތެރިޔަކު ދުވެފިއެވެ.

އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައި، ރާއްޖޭގެ ޓީމުން ރިލޭ ފެށީ އިންޑިއާގެ އެތުލެޓީކެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ބައެއް މީޑިއާތަކަށް ވިދާޅުވީ، އެގޮތަށް ހަދަން ޖެހުނީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު އެތުލީޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ. 

"އޭގެ ބޭނުމަކަށްވީ މުބާރާތުގައި ބައިވެރިވާން ދިޔަ އަޅުގަނޑުމެންގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން. އަޅުގަނޑު ނުދެކެން އެއީ މައްސަލައެއް ކަމަކަށް. އެ މުބާރާތަށް ދާން އޮތް ޓީމުގެ ކުއްޖަކު ޕޮޒިޓިވް ވީމަ ދެން ތިބި ދުވުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނަ ނުދޭން އެގޮތަށް ހެދީ." ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިވެންޓުން ގައުމީ ރެކޯޑެއް ހެދޭ މިންވަރަށް ރާއްޖޭގެ ދުވުންތެރިންނަށް ނިންމުނު ކަމުގައި ވީނަމަވެސް، ބޭރުގެ ދުވުންތެރިޔަކު ދުވެފައިވާތީ ގައުމީ ރެކޯޑްގެ ގޮތުގައި ނުހިމަނާނެ ކަމަށެވެ.

އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕްގައި 2014 އަދި 2019 ގައިވެސް ރާއްޖެއިން ވާދަ ކުރިއެވެ. މިފަހަރު މުބާރާތުގައި ޝްރީ ލަންކާ، ބަނގުލަދޭޝް، ބޫޓާން އަދި ކަޒަކިސްތާނުންވެސް ވާދަ ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.