01 Jan 2019 | 12:53
ކަރަންޓް އަގުހެޔޮކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި

ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިކަމުގައިވާ ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް އަގުހެޔޮކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

އެކުންފުނިން މި މަސައްކަތް ފައްޓާފައިވާކަން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާޙަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ކަރަންޓްގެ އަގުހެޔޮކުރުމަކީ ރައީސް ސޯލިހުގެ ވައުދެއްކަމަށާއި އެކަމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް ކަރަންޓްގެ އަގު ހެޔޮވެގެންދާނެކަމަށެވެ.

ސައީދުވަނީ ރަށްރަށުން ކަރަންޓް ކެނޑޭ މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ އެކަންތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން ބާއިންޖީނުގެތައް އާ ތަންތަންކަމުގައި ހަދާ އެތަންތަން ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައީދު ވަނީ ބުނެފައެވެ.

އަދި ފެނަކަ ކުންފުނިއަކީ ސިޔާސީ ކަންކަމުން ދުރުވެފައިވާ ކުންފުންޏަކަށް ހައްދަވާނެކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 އިންސައްތަ ދަށަށް
މި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 4.89 ޑޮލަރު ނުވަތަ 5.05 އިންސައްތަ ދަށަށް ގޮސް، މިހާރު ހުރީ 91.89 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ހަފުތާގައި އަގު މަތިވަމުން ދިޔުމަށްފަހު، އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ކުރިން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބްރެންޓް ކުރޫޑްގެ އަގު ހުރީ ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައެވެ.
26 Jul 2026
މާލޭ ދެކުނު ފަރާތު ފަޅުން ނިކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ
ލޯންޗު އުރިފައިވަނީ، އުދަ އެރިވަގުތު ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެވަގުތު ލޯންޗުގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
26 Jul 2026
ނަތަންޔާހޫ އެމެރިކާ ދަތުރާ ގުޅިގެން އީރާނުގެ އިންޒާރެއް
ނަތަންޔާހޫ ވޮޝިންޓަނަށް މާދަމާ ދާއިރު، މި ދަތުރާ ގުޅިގެން މަޝްރަހް ވަނީ އިތުރަށް ގޯސްވެފައެވެ. މި ދަތުރުގެ މައިގަނޑު ވާހަކައަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެވެ
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
26 Jul 2026
ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
26 Jul 2026
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް
މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.