ވިޔަފާރި
26 Jul 2026 | 13:36
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.

މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.

މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.

މީގެ އިތުރުން، ގޭގެ އިންޓަރނެޓްގެ ހިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަރގެ ހާއްސަ އޮފަރއެެއްވެސް އިއުލާންކޮށްފައެވެ. މިގޮތުން 31 ޖުލައި 2026 ގެ ކުރިން ލިމިޓެއްނެތް ފައިބަރ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެއެވެ.

މީގެ ސަބަބުން އިތުރު ހަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއެކު، މި އޮފަރގެ ދަށުން ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' މުޅިން ހިލޭ ލިބޭނެއެވެ. މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބިގެންދާނެއެވެ.

އެހެންކަމުން، މި އޮފަރ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު، ގޭގެ މުދަލަށް ބޭނުންވާރައްކާތެރިކަން ކަށަވަރުކަރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

މި އޮފަރތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދިރާގުން ބުނި ގޮތިގައި އެކުންފުނިން މަސައްކަތް ކިުރަމުން ދަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ