ރައީސް މުޢިއްޒު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް
ހަބަރު
26 Jul 2026 | 14:01
މިތަނުގައި އޮތީ ބޭހުގެ މާފިޔާއެއް؛ ކުރިއަށް އޮތް ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް

ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ބޭސް ލިބުމުގައި ދަތިތަކެއް ހުރި ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ އެހެން އެކަން ދިމާވި ސަބަބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

ބޭހުގެ މާފިޔާއެއް މިތާންގައި އޮތީ. އަޅުގަނޑުމެން މެކްސިމަމް ރީޓެއިލް ޕްރައިޒެއް ކަނޑައެޅީ، ރައްޔިތުންގެ ފައިސާއިން، އާސަންދައިގެ ތެރެއިން ބޭހުގެ ބައެއް ބާވަތްތަކަށް، 2000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއް ނަގަމުންދިޔައީ އަމިއްލަ ފަރާތްތަކުން. މި މާފިޔާއަށް. މި ވޭސްޓޭޖު، މި ލީކޭޖު، ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ. އޭގެ ސަބަބުން ކޮންމެ އަހަރަކު 500 އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.

އެހެންކަމުން، އެ މައްސަލަ ހައްލުކުރުމަށް، ސްޓޭޓްފާމާ އުފައްދައި ސަރުކާރުގެ ތެރެއިން ބޭސް ލިބުމުގެ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެދަނީ ފަހަރަކު ފިޔަވަޅެއް އަޅަމުން އަޅަމުން، އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް އަދި ޔަގީންކަމެއް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެނިގެންދާނީ، ބޭހުގެ މި ދިމާވެގެން އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެވި، ރައްޔިތުން މިކަމުގައި އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭ ގޮތަށް ބޭހުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ. އެކަން އަޅުގަނޑުމެން ހާސިލް ކޮށްދޭނަން. އެ ޔަގީންކަން އަޅުގަނޑުމެން އަރުވަން“ ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.