މެމްބަރު ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ.... ފޮޓޯ: މަޖިލިސް
ހަބަރު
24 Aug 2022 | 17:49
"ހޭންޑް ޕިކް" ކޮށްގެން ބޯހިޔާވަހިކަން ދިނުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން: ސައީދު

"ހޭންޑް ޕިކް" ކޮށްގެން ނުވަތަ ހޮވައިގެން ވަކި ބަޔަކަށް ބޯހިޔާވަހިކަން ދިނުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަކީ އަތޮޅުތެރޭގެ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަށް، މަޖިލީހުގެ ރައްދުދެއްވަމުންނެވެ. 

ސައީދު ވިދާޅުވީ މިއަދުވެސް ލޭންޑް ޔޫސް ޕްލޭނެއް ހަދައިގެން ނޫނީ އަތޮޅުތެރޭގެ ރައްޔިތުންނަށް ގޯތި ނުލިބޭ ކަމަށާއި، އެ ޕްލޭން ނެހެދި އޮތުމުގެ ސަބަބުން އެތައް ރައްޔިތުންނެއް ގޯތީގެ އިންތިޒާރުގައި ތިބިކަމަށެވެ.

އެހެން ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނެއް ހަދަންވެސް ނުޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ޕްލޭނިން މިނިސްޓަރު އަރިހުން އަހާލަން ބޭނުން ކާކު ބުނެގެން ތޯ ލޭންޑް ޔޫސް ޕްލޭން ކިޔާ އެއްޗެއް ރާއްޖެ ތެރެއަށް އައިސްގެން މި އުޅެނީ. ލޭންޑް ޔޫސް ޕްލޭން ހަދަން ޖެހޭތޯ؟ ރާއްޖޭގެ އަތޮޅެއްގެ ރަށެއް ވީމަ ލޭންޑް ޔޫސް ޕްލޭން. މާލޭގައި ކޮން ލޭންޑް ޔޫސް ޕްލޭނެއްތޯ ހަދާފައި އޮތީ؟ ވަރަށް ގިނަ ރަށްރަށް އެބަހުރި ހިއްކާފަ. އެހެން ނަމަވެސް ރަށްރަށުގެ ނިކަމެތި ރައްޔިތުން އެ ތިބެނީ ގޯއްޗެއް ނުލިބިފަ ލޭންޑް ޔޫސް ޕްލޭން ނުނިމިގެން" ސައީދު ވިދާޅުވިއެވެ. 

އެއާއެކު ސައީދު ވިދާޅުވީ މާލެއަށް މީހުން އައުމަށް މަޖުބޫރު ކުރުވި ހާލަތު އުފައްދާފައިވަނީ އެކި ސަރުކާރުތަކުންކަމަށާއި، މާލެއާއި އަތޮޅުތެރެ އަޅާ ކިޔުއްވާއިރު މާލެ ފަދަ ސަރހައްދުތަކެއް މިހާތަނަށް އައިރު އަތޮޅުތެރޭގައި ގާއިމްކޮށްދެއްވިފައިވެސް ނުވާކަމަށެވެ. 

"އަތޮޅުތަކުގެ މީހުން މި މާލެއަށް ޖަމާވީ، މީ ކާކު ބުނެގެން ކުރި ކަމެއްތޯ؟ ކުޑަ ސިޓީ ހައްދައިގެން މާލެއަށް ގެނައީ ރައްޔިތުން ބުނެގެނެއް ނޫނޭ. ރައްޔިތުން ބުނެގެނެއް ނޫނޭ މާލެ ތަރައްގީ ކުރީ. އެހެން ކަމަށް ވަންޏާ އައްޑޫ ސިޓީ ފުވައްމުލަށް ހުވަދޫ، ލާމު، މިހެން ގޮސް ހަތަރު އަތޮޅުން ހަތަރު އަތޮޅުން ސޮވެރެއިން ގެރެންޓީ ދީގެން މާލެ ތަކެއް ބިލްޑު ކުރަން ވީ ނޫން ތޯ؟" ސައީދު ވިދާޅުވިއެވެ. 

މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރާ އުސޫލަށް ކުރީގެ އިކޮނިމޮކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުން އަބަދުވެސް ދައްކަނީ ބިންކޮޅު މަދު ވާހަކައާއި، އާބާދީއާއި އެއްވަރަށް ގޯތި ދިނުމަށް ބިން ނެތް ވާހަކަކަމަށެވެ.

އެހެންކަމަށް ވާނަމަ މި ހާލަތުގައި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ހޮވާލެވޭ ވަކި ބަޔަކަށް ގޯތި ދޫކުރުން ތޯ ނުވަތަ ފްލެޓުތައް އަޅާ ގިނަ ބަޔަކަށް ފްލެޓުތައް ދިނުންތޯ ސައީދު ސުވާލުކުރެއްވިއެވެ. 

"ރައްޔިތުންނަށް ޗޮއިސްއެއް އޮތިއްޔާ ބޯހިޔާވަހިކަން ނުހޯދާނީ ކާކުތޯ؟ ދައްކާހާވެސް ވާހަކައަކީ ރާއްޖޭގެ ބިމުގެ ތަނަވަސްކަމެއް ނެތޭ ރާއްޖޭގެ އާބާދީ ބިޔަވެގެން އަންނަ ނިސްބަތަށް ބަލާއިރު، އެހެންވެއްޖެ ކަމަށްވަންޏާ ބޮޑެތި ގޯތި ތޯ ދޫކުރަންވީ ފްލެޓު އަޅައިގެން ގިނަ ރައްޔިތުންނަށް ގެ މަންފާއެއް ކުރާނެ ގޮތަށް މި ކަން ކުރާނީތޯ؟ ސައީދު ސުވާލުކުރެއްވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ހައްގަކީ އަސާސީ ހައްގަކަށްވާއިރު، އެފަދަ މަޝްރޫއުތައް ހިންގަން ވާނީ މުސްތަގުބަލުގައި ކޮންމެ މީހަކަށްވެސް އެ ހައްގު ކަށަވަރުވާނެގޮތަށް ބަލައިގެންކަމަށެވެ. އަދި ހޮވާލެވޭ ވަކި ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލިބިގެންވާ އިޚްތިޔާރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.