މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު ޑރ އަހުމަދު ޒާހިރު-- ފޮޓޯ: މިހާރު
26 Aug 2022 | 00:08
ނަމާދުކުރާ ވަގުތު އަޑު މަޑު ކުރަން އެންގީ އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ވީމަ: މިނިސްޓްރީ

ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އެންގީ އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހެދުމަށް މިނިސްޓާރީން އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވާހަކަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އެ މިނިސްޓްރީން އެއްވެސް އިރަކު އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ.
އަދި މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހެދުމަކީ މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން ކަމަށާ، ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދު ކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން އެ ފަސް މިސްކިތުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރުމަށް އިރުޝާދު ދީފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި މާލޭގައި ބައެއް މިސްކިތްތަކަކީ ކައިރިކައިރީގައި ހުންނަ މިސްކިތްތަތަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދު ކުރާ އިރު ދަތިވާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާ، މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތު ކުދިން ތިބޭ ކައިރި ގޭގެއިން ވެސް ދަތިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައިވަނީ، މިސްކިތްތަކުގެ އަޑު މަޑުކުރުމާ ގުޅޭ ސާކިއުލާއެއް ނުވަތަ ލިޔުމެއް އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާނެ ކަމަށާއި އެފަދަ ލިޔުމެއް ފޮނުވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.