ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ޒުވާނުންގެ އެވޯޑު މީހަކާ ހަވާލު ކުރަނީ. --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Aug 2022 | 21:47
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.


މި އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެ އިނާމާ ގުޅޭ ތަފުސީލްތަކާއި، މާކްސް ދޭނެ ގޮތުގެ ތަފްސީލް ގެޒެޓްގައި ވާއިރު، އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 29 ވާ ބުރަސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ.


މިދިޔަ އަހަރު ޒުވާނުންގެ އިނާމު 10 ދާއިރާއަކުން 10 މީހަކަށް ދީފައިވާއިރު މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.


އެވޯޑް ދޭން ނިންމާފައިވާ ދާއިރާތައް:


- ވިޔަފާރި އާއި އިގުތިސާދު

- އާޓް: ފަންނުވެރި ޒުވާނާ

- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން

- ސިއްހީ ނުރަނގަޅު އާދަތަކާއި ދެކޮޅަށް މަސައްކަތްކުރުން

- ކުޅިވަރަށް ހިދުމަތްކުރުން

- ދަރުމަވެރިކަން

- ވޮކޭޝަނަލް ޓްރެއިނިން-ދަސްކޮށްދިނުން

- ނަފްސާނީ ދުޅަހެޔޮ ސިއްޙަތެއް ބިނާ ކުރުމަށް މަސައްކަތްކުރުން

- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން

- މަސްވެރިކަމުގެ ދާއިރާ

- ދަނޑުވެރިކަމުގެ ދާއިރާ

- މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން

- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން

- ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން

- ދިވެހިބަހާއި ސަގާފަތަށް ހިދުމަތްކުރުން

- ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ

- ނޭޝަނަލް ޔޫތު ވޮލަންޓިއަ
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރާ ޒުވާނުންގެ އަގުވަޒަންކޮށް, ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރު 22 ގައެވެ.
ޤައުމީ ފެންވަރުގައި ރާއްޖެއިން ޒުވާނުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.