ހދ. ނޮޅިވަރަންފަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ތިލަދުންމަތި ޓައިމްސް
ހަބަރު
27 Aug 2022 | 22:21
ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، މަންމަ އާއި ތުއްތު ދަރިފުޅަށް އަނިޔާވެއްޖެ!

ހދ. ނޮޅިވަރަންފަރުގައި އުނދުނުން ގޭސް ލީކުވެގެން ހިނގައިދިޔަ ހާދިސާއެއްގައި އެ ގޭގައި ދިރިއުޅެމުން އައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާވެއްޖެއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރު އަމީނާ މުހައްމަދު "ވޮއިސް" އަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު ހިނގައިދިޔަ އެ ހާދިސާ ހިނގާފައިވަނީ ގޭސް ފުޅި ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުންނެވެ. 

"ބަދިގޭގައި ހުންނަ ގޭސް އުނދުނުން ކޮންމެ ވެސް ވަރަކަށް ލީކުވެފައި ހުއްޓާ އުނދުން ޖައްސާލެވުނީ. އެ ގަޑީ އުނދުނުން "ޕޮއް" ކިޔާފައި އަލިފާން އެރީ. އަނެންހެން ތަނަކު ރޯވެ ހުޅުހިފައި، އެފަދަ ކަމެއް ނުވޭ." ކައުންސިލްގެ މެންބަރު މައުލޫމާތު ދެއްވި އެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އެ ގޭގައި ދިރިއުޅޭ އަންހެން މީހާ އާއި އޭނާގެ ދެ އަހަރުގެ ކުޑަ ދަރިފުޅަށް ކަމަށާ، އެ ދެމީހުންނަށްވެސް މިވަގުތު ކުޅުދުއްފުށި ސިޓީއަށް ގެންގޮސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އަމީނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީނާ ވިދާޅުވީ، އަނިޔާވި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާ، އަދި މި ހާދިސާ އާއި ގުޅިގެން އިތުރު މާބޮޑު ގެއްލުމެއް އެ ގެއަށް ލިބިފައި ނުވާކަމަށެވެ.

ނޮޅިވަރަންފަރުގައި ގޭސްފުޅި ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ގދ. ރަތަފަންދޫގައި ވެސް ގޭސްފުޅިއެއް ގޮވައިގެން މިމަހު ތެރޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި އަނިޔާވި 53 އަަހަރުގެ އަންހެން މީހާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މި މަހު 20 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.