މުދާ އަރުވާފައި އޮތް އުޅަނދެއް -- ފޮޓޯ: އަވަސް
ހަބަރު
25 Aug 2022 | 22:35
މާލޭގައި އުޅަނދުތަކުން މުދާ އުފުލާ އަގު ބޮޑުކޮށްފި!

މާލޭ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީން ބޮޑުކޮށްފި އެވެ.

އިއްޔެ ގެޒެޓްކޮށް އަމަލުކުރަންފެށި "އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު"ގައިވާ ގޮތުން 750 ކިލޯއިން ދަށުގެ އުޅަނދުތައް ދެން ގަޑިއިރަކަށް 150 ރުފިޔާ އަދި 750 ކިލޯއާއި ދެ ޓަނާ ދެމެދުގެ އުޅަނދުތައް ގަޑިއިރަކަށް 200 ރުފިޔާ ޗާޖު ކުރާނެ އެވެ.

އަދި މިއަދުން ފެށިގެން އަލަށް ހަމަޖެއްސި މި އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މުދާ އުފުލާ އުޅަނދަކަށް، މުދާ އުފުލުމުގެ ހިދުމަތަށް ނެގޭނެ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ އަގު، އުޅަނދުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނެހެން އުޅަނދުގެ ތެރޭގައި ބަހައްޓާފައި ހުންނަން ޖެހޭނެ ކަމަށް ވެސް އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ގަވައިދުގައިވާ ގޮތުން އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެ ކަމަށް ކަނޑައަޅާފައިވާ ބަރުދަން، އުޅަނދުގެ ދެ ފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ޖެހޭނެ އެވެ. އެ ބަރުދަނަށް ވުރެ އިތުރަށް މުދާ އުފުލުމަކީ މަނާކަމެކެވެ.

އޭގެ އިތުރުން މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބާލާ ކަންމަތީގައި، މަގުގެ މެދަށްވާ ގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑުކުރުމަކީ ގަވާއިދުގައި ބުނާގޮތުން މަނާކަމެކެވެ.

އަދި، ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަން ވާނީ، ގުދަނުގެ އެތެރޭގައި ބާއްވައިގެން ނުވަތަ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް އުޅަނދު ބާއްވައިގެންނެވެ.

އޭގެ އިތުރުން ބައިސްކަލާއި ހަމައެކަނި ދެ މީހުންނަށް އެރޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދާ އުފުލޭނީ އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް ލައިގެންނެވެ.

މުދާ އުފުލާ އުޅަނދު ކަމުގައި ބުނެފައި ވަނީ، C0 އާއި C1 އާއި C2ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ. އެއީ ޕިކަޕާއި ލޮރީ ފަދަ ބޮޑެތި އުޅަނދުތަކެެވެ.

އިއްޔެ އުޅަނދުގައި މުދާ އުފުލުމުގެ އާ ގަވާއިދު ގެޒެޓްކުރުމާއި ގުޅިގެން އާ ގަވާއިދު ގެޒެޓްކުރުމާ އެކު 2017 ގައި އެކުލަވާލައި އަމަލުކުރަމުން ދިޔަ ކުރީގެ އުސޫލު ވަނީ ބާތިލުވެފައެވެ.ކުރީގެ ގަވާއިދުގައިވާ ގޮތުން ޓަނަކަށްވުރެ ދަށުގެ އުޅަނދުތަކުން އެއްގަޑިއިރަށް ނަގަމުން އައީ 140 ރުފިޔާ އެވެ. 1 ޓަނާއި 2 ޓަނާއި ދެމެދުގެ އުޅަނދުތަކުން ގަޑިއިރަކަށް ނަގަމުން އައީ 180 ރުފިޔާއެވެ. 2 ޓަނުން މަތީގެ އުޅަނދުތަކުން ގަޑިއިރަކަށް ނަގަމުން އައީ 250 ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.