އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް-- ފޮޓޯ: އެމްޓީސީސީ
ހަބަރު
28 Aug 2022 | 11:23
މިއީ ހަމައެކަނި ބިންގާ އަޅާ ސަރުކާރެއް ނޫން: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ ހަމައެކަނި ބިންގާ އަޅާފައި ދޫކޮށްލާ ސަރުކާރެއް ނޫންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ގޮތުން އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރަކީ ވައުދެއް ވުމަށްފަހު އެ ވައުދު ނުފުއްދައި ދޫކޮށްލާ ސަރުކާރެއް ނޫންކަމަށެވެ. އަދި އަދިގެ ސަރުކާރަކީ ވައުދުތައް ފުއްދަމުގައި ފާއިތުވެދިޔަ އެހެން ސަރުކާރުތަކާއި ނުބައްދަލު، އެ ސަރުކާރުތަކަށްވުރެ މާ ކާމިޔާބު ސަރުކާރެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރަކީ ހަމައެކަނި ބިންގާތަކެއް އަޅާދީފައި އެ ބިންގާ އެޅިތަނުގައި ވިނަފަޅާ ބޯ ޖަންގައްޔަކަށް އެތަން ވެގެންދާއިރު ވެސް ބިންގާ ބާވެފައި އޮންނާނެ ސަރުކާރެއް ނޫން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހަމައެކަނި ދިއްގަރަށް ބަލާލުމުން ވެސް އެކަން ހާމަވެގެންދާނެ ކަމަށެވެ. އެގޮތުން ދިއްގަރުގައި މިވަގުތު ފެންނަން އޮތީ ވޭތުވެދިޔަ 40 އަހަރުތެރޭ ނުވެ ހުރި ކަންކަން މި ސަރުކާރުންކޮށްދީ ނިންމަމުންދާ މަންޒަރު ކަމަށާ، ދިއްގަރު ރައްޔިތުން ހުރިހާ ސަރުކާރުތަކެއްގައި އެދުނު ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށްދީ ރަށުން ގިރާލި ބައި އިޔާދަކޮށްދީފައިވަނީވެސް މިސަރުކާރުން ކަމަށެވެ. 

އާޒިމް އިތުރަށް ވިދާޅުވީ، ދިއްގަރަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމުގެ މަޝްރޫއުވެސް މިހާރު ކުރިއަށްދާ ކަމަށާއި ރައީސް ޞާލިޙަކީ ވައުދުވެ ވައުދު ފުއްދަވާ ރައީސެއް ކަމަށެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ އޭގެ ލާބަޔާއި މަންފާ އޮތީ ރައްޔިތުންނަށާއި ގައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 566,109 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 532 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60.235 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.