ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
28 Aug 2022 | 13:35
ފާހިޝް ކަންކަން ފާޅުގައި ފަތުރަމުންދާއިރު، އަޅާނުލަނީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ؟: ޢަލީ ރަމީޒު

ފާހިޝް ކަންކަން ފާޅުގައި ފަތުރަމުންދާއިރު، އެކަމަށް އެއްވެސް ގޮތަކަށް އަޅާނުލާތީ ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ އަލީ ރަމީޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.


އަލީ ރަމީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ފާހިޝް ކަންކަން ފާޅުގައި ފަތުރަމުންދާއިރު، އެކަމާ އެއްވެސް ގޮތަކަށް އަޅާނުލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މި އޮންނަނީ ކޮން ބަޔަކު ޓެސްޓް ކުރަންތޯ ސުވާލު ކުރައްވާފައެވެ.
"ނޫނީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ؟" ފާހިޝް ކަންކަން ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާތީ ކަންބޮޑުވުންފާޅުކޮށް އަލީ ރަމީޒު ކުރެއްވި ޓުވީޓުގައިވެއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވެ ކަންބޮޑުވުންފާޅުކޮށްފައި މިވަނީ، މީގެ ކުރިންވެސް މީސްމީޑިއާގައި ބަރަހަނާ ވީޑިއޯ އާއްމުކޮށް ބޭ އަދަބީ ފޮޓޯއާއި ވީޑިއޯ ލަމުންދާތީ ހައްޔަރު ކުރި ޔާޔާ ނަބީލް ބަންދުން ދޫކޮށްލިފަހުންވެސް އެފަދަ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކުރަމުންދާތީ އާއްމުންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ނަބީލް އެފަދަ ވީޑިއޯ އާއި ފޮޓޯތައް އާއްމު ކުރަމުންދާތާ އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު އޭނާއާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް ވެސް ފުލުހުން އެޅިކަމެއް ހާމަކޮށްފައެއް ނުވެއެވެ.


މިކަމާއި ގުޅިގެން އާއްމުން ކަނބޮޑުވުން ފާޅުކުރަމުން އަންނައިރު, އޭނާގެ މި މައްސަލަ މިމަހު 10 ވަނަ ދުވަހު "ވޮއިސް" އިން ވެސް ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެން ނަމަވެސް، އެމައްސަލާގައި ފުލުހުންގެ ބަހެއް މިހާތަނަށް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.


ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢު އެއްގައި ދީނާއި ޚިލާފް މިފަދަ ޢަމަލުތައް ފާޅުކަންބޮޑު ގޮތެއްގައި އޭނާ ކުރަމުންދާއިރު އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާއިރު، އޭނާ މީސްމީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް އާއްމު ކުރަމުންދާ އެކައުންޓް ތައްވެސް މިހާތަނަށް ބޮލޮކް ކޮށްފައެއްނުވެއެވެ.


މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިންގެ ނުރުހުން އޭނާ އަކީ ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައިވާއިރު އެފަރާތްތަކުން އަންނަނީ އޭނާ އަލުން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.