ރިޕޯޓް
13 Jul 2022 | 23:38
ނާސާގެ ވެބް ޓެލެސްކޯޕު ފޮޓޯތައް ހާއްސަވާގޮތް!

ނާސާގެ ވެބް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. އެގޮތުން އުޑުމަތީގެ ހަތަރު ސަރަހައްދެއްގެ ފޮޓޯތައް އާއްމުކޮށްފައިވެއެވެ.

ނާސާއިން އިއްޔެ އެންމެ ފުރަތަމަ އާއްމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ދުނިޔެއަށް ފެންނަ އުޑުމަތީގެ ސަރަހައްދުން ވަރަށް ކުޑަތަންކޮޅެއްގައި ހިމެނޭ މަޑިކިލަނބުތަކުގެ ސާފު ފޮޓޯއެކެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި މިފޮޓޯގައި ހިމެނޭ ސަރަހައްދަކީ ވެލިފުކެއް އަތުގެ ދިގުމިނަށް ދަމާލުމުން އުޑުމަތިން ފޮރުވޭ ތަންހާ ކުޑަ ސަރަހައްދެއްގެ ފޮޓޯއެކެވެ. އަދި މިއީ މިހާތަނަށް ނެގިފައިވާ އެންމެ ސާފު ޑީޕް އިންފްރާރެޑް ފޮޓޯއެވެ. މިފޮޓޯގައި ފެންނަ މަޑިކިލަނބު ކްލަސްޓާރއަށް ދެވިފައިވާ ނަމަކީ SMACS 0723 އެވެ. 

ހަމަ މި މަޑިކިލަނބު ކްލަސްޓަރ ނާސާއިން ކުރިން ދޫކޮށްފައިވާ ހަބަލް ޓެލެސްކޯޕުން 2017 ވަނަ އަހަރު ނަގާފައިވާ ފޮޓޯއިން ފެންނަގޮތް މިވަނީއެވެ.

ކުރީގެ ފޮޓޯތައް ނަގާފައިވާ ހަބަލް ޓެލެސްކޯޕަކީ ނާސާއިން 1990ވަނަ އަހަރު ޖައްވަށް ދޫކޮށްފައިވާ ޓެލެސްކޯޕެކެވެ. ފަހުގެ ފޮޓޯތައް ނަގާފައިވާ ނާސާގެ ވެބް ޓެލެސްކޯޕަކީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖައްވަށް ދޫކޮށްފައިވާ ޓެލެސްކޯޕެކެވެ.

މި ޓެލެސްކޯޕުގައި ދެވައްތަރުގެ އިންފްރާރެޑް ކަމަށްވާ ނިއަރ އިންފްރާރެޑާއި، މިޑް އިންފްރާރެޑް ފޮޓޯ ނެގޭ ޓެކްނޮލޮޖީ ހިމަނާފައިވެއެވެ.

ވެބް ޓެލެސްކޯޕްގެ ދެވަނަ ފޮޓޯއެއްގެ ގޮތުގައި އާއްމުކޮށްފައިވަނީ ސަދާރން ރިންގް ނެބިއުލާ (NGC 3132) ގެ ފޮޓޯއެކެވެ.

ނެބިއުލާ އަކީ ޖައްވުގައިވާ ބޮޑެތި ގޭސް ވިލާތަކަށް ކިޔާ ނަމެކެވެ. މިގޮތަށް ފެންނަ ބައެއް ނެބިއުލާ ތަކަކީ މަރުވަމުންދާ ތަރިތައް ގޮވުމުގެ ތެރޭގައި އުފެދޭ ގޭސް ވިލާތަކެވެ. އަދި އަނެއްބައި ނެބިއުލާ ތަކަކީ އައު ތަރިތައް އުފެދެމުންދާ ގޭސް ވިލާތަކެވެ.

އުޑުމަތީގެ އެކި ސަރަހައްދުތަކުން ފެންނަ ނެބިއުލާތަކަށް އެކި ނަން ދެވިފައިވެއެވެ. އެގޮތުން ނާސާގެ ފޮޓޯގައިވާ ސަދާރން ރިންގް ނެބިއުލާއަކީ ދެކުނުން ފެންނަ ތަރިތަކުގެ ކޮންސްޓަލޭޝަންއެއް ކަމަށްވާ ވެލާ ކޮންސްޓަލޭޝަންގައި ހިމެނޭ ނެބިއުލާއެކެވެ.

މި ނެބިއުލާއިން ފެންނަ ގޭސް ވިލާތަކަކީ މަރުވަމުންދާ ތަރިތަކެއްގެ ސަބަބުން އުފެދިފައިވާ ގޭސް ވިލާތަކެކެވެ. ސަދާރން ރިންގް ނެބިއުލާގެ ފޮޓޯ ދެވައްތަރުގެ އިންފްރާރެޑް ކެމެރާއިން ފެންނަގޮތް ނާސާއިން ހިއްސާކޮށްފައިވެއެވެ.

ނާސާއިން އާއްމުކޮށްފައިވާ ތިންވަނަ ފޮޓޯގައިވަނީ 5 މަޑިކިލަނބު ހިމެނޭ ސަރަހައްދެއް ކަމަށްވާ "ސްޓެފާންސް ކުއިންޓެޓް" އެވެ.

މި މަޑިކިލަނބު ކްލަސްޓާއަކީ ޕެގަސަސް ކޮންސްޓަލޭޝަންގައި ހިމެނޭ މަޑިކިލަނބު ކްލަސްޓާއެކެވެ. ނާސާގެ ވެބް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯތަކުގެ އެހީގައި އެއް މަޑިކިލަނބު އަނެއް މަޑިކިލަނބަށް ދަމާ ބާރާއި މީގެ ސަބަބުން މަޑިކިލަނބުތައް ބަދަލުވަމުންދާގޮތް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ނަގާފައިވާ ސްޓެފާންސް ކުއިންޓެޓްގެ ފޮޓޯގައި ފެންނަ ސަރަހައްދަކީ ދުނިޔޭގައި ހުރެފައި ބަލާއިރު ފެންނަ ހަނދުގެ ފަސްބައިކުޅަ އެއްބައި ވަރުގެ ސަރަހައްދެކެވެ.

ނާސާގެ ވެބް ޓެލެސްކޯޕުން އިއްޔެ ފަހު ފޮޓޯއެއްގެ ގޮތުގައި ދައްކާލާފައިވަނީ ކެރީނާ ނެބިއުލާ (NGC 3324) ގެ ފޮޓޯއެކެވެ. 

ނާސާގެ ފޮޓޯއިން ފެންނަނީ މި ނެބިއުލާގެ ގޭސް ވިލާގަނޑުގެ އަރިމަތިން ތަންކޮޅެކެވެ. މި ނެބިއުލާއަކީ އައު ތަރިތައް އުފެދެމުންދާ ގޭސް ވިލާގަނޑެކެވެ.

ނާސާއިން ބުނާގޮތުގައި މި ނެބިއުލާ ބަލާ ދިރާސާކުރުމުން އައު ތަރިތައް އުފެދެމުންދާގޮތް ދިރާސާކުރުމަށް އެހީއަކަށްވެގެންދާނެއެވެ. އަދި ވެބް ޓެލެސްކޯޕުގެ އެހީގައި ކުރިން ނުފެންނަ އުފެދުމުގެ ކުރީ މަރުހަލާގައިވާ ތަރިތައް ފެންނަ ކަމަށްވެސް ނާސާއިން ބުނެއެވެ.

ނާސާގެ ވެބް ޓެލެސްކޯޕުން ނަގާފައިވާ އުޑުމަތީގެ ހަތަރު ސަރަޙައްދެއްގެ ފޮޓޯތައް އާއްމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަންވަނީ މި ފޮޓޯތަކަށް ލިބިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ