ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --ފޮޓޯ: މިހާރު
ހަބަރު
28 Aug 2022 | 16:52
ދައުލަތުން ގެއްލުވާލި ދެ ބިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބޭ: އަމީރު

ދިވެހި ދައުލަތުން ގެއްލުވާލާފައިވާ ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 1.9 ބިލިޔަން ރުފިޔާ މިއަދާ ހަމައަށްވެސް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެސެޓް ރިކަވާ ކުރުމުގެ ނިޒާމު ގާއިމުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދައުލަތުން އެކި ގޮތްގޮތުން ގެއްލުވާލާ ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ގޮތެއް އެކަމާ ގުޅޭ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ.

"މިދަންނަވާ ދޮރުތައް ބަންދު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް. މިސިޔާސަތުގެ ދަށުން މިދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރެވި ޕަބްލިކް ފައިނޭންސްގެ ކަންކަން ވަރުގަދަ ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ފައިސާއިން ކޮރަޕްޝަންގެ އަމަލުތައް ހިންގާ މައްސަލަތައް ހުއްޓުވުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދަށް ބަދަލުތަކެއް ގެނެސް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އޮތް ފުރުސަތުތައް ހަނިކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސް ގައި، ރާއްޖެ 2021 އޮތީ 85 ވަނައިގައި ކަމަށެވެ. އެއީ 2018 ވަނަ އަހަރާ ބަލާއިރު ދަރަޖައިގެ ގޮތުން ބޮޑު ކުރިއެރުމެއް ކަމަށާ، އެ އަހަރު ރާއްޖެ އޮތީ 124 ވަނައިގައިކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ،ދައުލަތުން ގެއްލުވާލާފައިވާ ފައިސާގެ ތެރެއިން 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ލިބެންޖެހޭ 1.9 ބިލިޔަން ރުފިޔާ އޮތް ކަމަށާ، ކޮރަޕްޝަންގެ ތެރެއިން ގެއްލުވާލާ ފައިސާ ގިނަ ކަމުން އެގޮތަށް ގެއްލުވާލާ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް ގެނައުން އަވަސްކުރަންޖެހޭ ކަމުށެވެ.

އެހެން ނަމަވެސް އެ ގެއްލުވާލާފައިވާ ފައިސާ އާއި ގުޅޭ ތަފްސީލް އަމީރު ހިއްސާކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.