ޕިކަޕު ދުއްވާ ފަރާތްތަކުން ވިޔަފާރީގެ ގުޅުން ކަނޑާލުމުން، ފެނަކަ މުވައްޒަފުން ފީފާތައް ފޮރޮޅާފައި އިންޖީނު ގެއަށް ގެންދަނީ
ހަބަރު
28 Aug 2022 | 17:00
ފެނަކައިން މަކުނުދޫ ޕިކަޕު ޑްރައިވަރުންނާއި، ލޯންޗް ތަކަށް ކުލި ނުދައްކާ މައްސަލައެއް!

ފެނަކައިން ހދ.މަކުނުދޫ ޕިކަޕު ޑްރައިވަރުންނާއި، ލޯންޗް ތަކަށް ކުލި ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތަހޭ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން ކުރި ޓުވީޓެއްގައި ބުނީ، މަކުނުދޫ ފެނަކައިން ޕިކަޕު ދުއްވާ ފަރާތްތަކުގެ ބިލް ތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ 6 މަސް ވުމުން، އެފަރާތްތަކުން ފެނަކައާއިއެކު ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާކަމަށެވެ. އެހެން ކަމުން ފެނަކައިން މިހާރު ތެޔޮ އުފުލަނީވެސް އެތަނުގެ މުވައްޒަފުން ލައްވާ ކަމަށް އޭނާ ބުނެފައިވެއެވެ.


މި މައްސަލަ އާއި ގުޅިގެން މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާޚް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެނަކައިން މަކުނުދޫ ޕިކަޕު ދުއްވާ ފަރާތް ތަކަށް ފައިސާ ނުދައްކާ މައްސަލައެއް އެފަރާތްތަކުން އޭނާއާއި ވެސް ހިއްސާ ކޮށްފައިވާކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ ހަމަސް ދުވަސް ތެރޭގައި އެތަނުން ޕިކަޕު ދުއްވާ އެއްފަރާތަށް 11,000 ރުފިޔާ އަށްވުރެ ގިނަ ރުފިޔާ ފެނަކައިން ދޭން ޖެހޭ ކަމަށެވެ. އަދި އެހެން ފަރާތަކަށް 21,000 ރުފިޔާ ދައްކަން ޖެހޭ އިރު، ފެނަކައިގެ ބޭނުމަށް ލޯންޗު ދަތުރުތައް ކުރުމަށްފަހު އޭގެ ވެރިވަފަރާތްތަކަށްވެސް ފައިސާ ނުދައްކާ މައްސަލަތައް ފެންމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 
މީގެ ސަބަބުން ޕިކަޕު ދުއްވާ ފަރާތްތަކުން ފެނަކައާއި އެކު ބާއްވަމުން އައި ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާ ކަމަށާ، އޭގެ ނަތީޖާއެއްގެ ގޮތުން ފެނަކައަށް ގެންދަންޖެހޭ ބޮޑެތި ތެޔޮ ފީފާވެސް އިންޖީނުގެއާއި ހަމައަށް ގެންދަންޖެހުނީ އެތަނުގެ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން ފެނަކައިން ވަކި އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.