އެމްޑީ އަލަމްގިރް
ހަބަރު
28 Aug 2022 | 20:07
ނާޒިމް ސައްތާރު ހިމެނޭހެން ގިނަބަޔަކާއި އެކު އެއްޖިންސުން ގުޅުންހިންގި އަލަމްގިރް ފުލުހަށް ދިން ބަޔާން ލީކުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހިމެނޭހެން ގިނަބަޔަކާއި އެކު އެއްޖިންސުން ގުޅުންހިންގި އަލަމްގިރް ފުލުހަށް ދިން ބަޔާން ލީކުވެއްޖެއެވެ.

ޓުވިޓާ އެކައުންޓް އަކުން މި ބަޔާން ލީކުކޮށްލާފައިވާއިރު، އެ ބަޔާނުގައި އަލަމްގިރް ވަނީ އޭނާ ހިންގި ފާހިޝް އަމަލުތަކުގެ ތަފްސީލު ވަރަށް ރަނގަޅަށް ކިޔާދީފައެވެ.

އެ ބަޔާނުގައި އޭނާ ބުނެފައިވާގޮތުގައި އޭނާގެ އުމުރުން ހަތް އަހަރުގައި އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށްވެސް ބުނެފައިވެއެވެ.

އަލަމްގިރްގެ ތަހްގީގު ބަޔާނުގައި ބުނެފައި ވަނީ ލީކްވެފައިވާ ވީޑިއޯ އިން ފެންނަ ފަހަރުގެ އިތުރަށް ވެސް ނާޒިމާއިއެކު އޭނާ އެއްޖިންސުން ގުޅުން ހިންގާފައި ވާނެ ކަމަށެވެ. އެގޮތުން ނާޒިމް ސައްތާރު އުޅޭ ގެއަށްގޮސް އެގޭގައި ވެސް ނާޒިމާއިއެކު ގުޅުން ހިންގާފައި ވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަލަމްގިރް ފުލުހުންގެ ތަހްގީގަށް ދިން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ ޖިންސީ ގުޅުން ހިންގި މީހުންގެ ތެރެއިން އޭނާއަށް ފާހަގަ ކުރަން އެނގެނީ ވެސް ނާޒިމް އެކަނި ކަމަށެވެ. އެއީ ގުޅުން ހިންގި ފަހުން ވެސް ނާޒިމާއި ބައްދަލުވެ، ނާޒިމްގެ އަތުން 'ހަދިޔާ' ލިބޭތީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަލަމްގިރްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 45 އާއި 50 ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯތައް އޭނާ ވާނީ ކޮށްފައެވެ. އެ ވީޑިއޯތައް އޭނާ ކޮށްފައިވަނީ ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާ، ފަހުން އެ ވީޑިއޯ ތައް ޑިލީޓްވެސް ކޮށްލާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން އަލަމްގިރް ބުނެފައިވަނީ، އެ ވީޑިއޯ ތައް ޑިލީޓް ކޮށްލި ފަހުން، އެ ފޯނު މީހަކު ވަގަށް ނެގިކަން އެނގުނު ކަމަށާ، އެ ވަގަށް ނެގި މީހާ އެ ވީޑިއޯތައް އަލުން ރިކަވާރ ކުރީ ކަމަށް ބެލެވޭ ކަމަށެވެ.

އެތައް ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި އަލަމްގިރް ގެ ބަޔާން ލީކުވެފައިވާއިރު, މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.