ރިޕޯޓް
21 Jun 2022 | 13:30
ޔޯގާ ހަމަނުޖެހުން: ފުލުހުންގެ ބޮޑު ފެއިލްވުމެއް، އަނެއްކާވެސް އިންޓެލިޖެންސާމެދު ސުވާލު!

ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ އެންމެ މަތީ ވާޖިބު ކޮނޑުގައި އެޅިފައިވާ އެއް މުއައްސަސާއަކީ ދިވެހި ފުލުހުންގެ މުއައްސަސާއެކެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ހަމަނުޖެހުން ހިންގައި އާއްމުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިން ފަހަރުވެސް މަދެއް ނޫނެވެ. މިއަދުވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ.

ބަނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު 6:30 ގައި ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށްދަނިކޮށް އާއްމުންގެ ބަޔަކު އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި، ބައެއް މީހުންނަށް ހަމަލާދީ، ބިރުވެރިކަން އުފެއްދީ ފުލުހުން ކުރިމަތީގައެވެ. އެމީހުން ގަލޮޅު ދަނޑަށް ވަދެގަތީ، ޔޯގާއާ ދެކޮޅަށް އެތަނުގައި ޝުއޫރު ފާޅުކުރަން ތިބުމަށް ފަހުއެވެ. ވަކި ހިސާބަކުން ފުލުހުން އެމީހުން ކޯޑައުންކޮށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ތިބި ނަމަވެސް ފަހުން ފެނިގެން ދިޔައީ، ގަލޮޅު ދަނޑުގެ ފެހިކުލައިގެ ދަގަނޑު ދޮރު، ފޫއަޅުވާލައި، ހަމަނުޖެހުމުގެ ބައިވެރިން "ﷲ އަކްބަރު" ގޮވަމުން ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދުކުލައިގެ ދިދަތަކެއް ހިފައިގެން ދުވެފައި، ދަނޑުތެރެޔަށް ވަން މަންޒެކެވެ. އެއިރުވެސް ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެމީހުން ހުއްޓުވަން މަަސައްކަތްކުރި މަންޒެެއްވެސް ފެނިފައެއް ނުވެއެވެ.

ފުލުހުންގެ ބޮޑު ފައުޖެއް އައިސް ކަރުނަ ގޭސް ޖަހައި، ހަމަނުޖެހުން ހިންގި މީހުން މައިތިރިކުރީ ވީއެއްޗެއް ވެ ނިމުން ފަހުންނެވެ. ދަނޑުގައި ގެންގުޅުނު ބައެއް ސްޕީކަރުތަކާއި ޔޯގާ ހެދުމަށް ގެންގުޅުނު މެޓްތަކަށް ގެއްލުންދީ، ޔޯގާގެ ހަރަކާތުގައި ބައިވެރިވުމަށް ދަނޑުގައި ތިބި، މީހުން އެތަނުން ފައްސާލި ފަހުންނެވެ. އެކި ގައުމިތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި އަދިވެސް މަތީ ފެންވަރުގެ ބޭފުޅުން ތިބި ތަނެއްގެ އަމާން ނަގާލީ ފުލުހުންގެ ލޯކުރިމަތީގައެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ބަލިކަށިކަމާމެދު ރައްޔިތުން ސުވާލު އުފައްދަމުންދާއިރު މިއަދުގެ ހާދިސާއަކީވެސް އެެކަމަށް އިތުރުވި ބޮޅެކެވެ. ޔޯގާ ހަރަކާތެއް ހިންގުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރި ހިސާބުން ފެށިގެން ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ ތެރެއިން ބައެއް މީހުން ދިޔައީ އެކަމާ ނުހުރުން ފާޅުކޮށް ޔޯގާއަކީ "ސިރުކުގެ" އަމަލެއް ކަމަށް ބުނަމުންނެވެ. ކުރިން ރަސްފަންނުގައި ބާއްވަން އޮތް ހަރަކާތް، ގަލޮޅު ދަނޑަށް ބަދަލުކުރަން ޖެހުނީވެސް ރައްޔިތުންގެ ނުރުހުން އިންތިހާއަށް އެކަމުގައި އޮވެ، ސިޓީ ކައުންސިލަށް އެކަމުގެ ޕްރޮޝަރު ބޮޑުވެއެވެ. އެންމެ ފަހުން، ހުއްދަ ނުދޭން ނިންމުމުން ޔޫތު މިނިސްޓްރީން އިންތިޒާމުކުރީ ގަލޮޅު ދަނޑުގައި އެ ހަރަކާތް ބޭއްވުމަށެވެ. އެއިރުވެސް އެތައް ބަޔަކު ދިޔައީ އެހަރަކާތް ނުބޭއްވުމަށް ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި ގޮވަމުންނެވެ.

ޔޯގާގެ ހަރަކާތް ހުއްޓުވަން ބަޔަކު ނުކުންނާނެ ކަމުގެ ފެހި ސިގްނަލް ފުލުހުންނަށްވެސް ވާނީ ލިބިފައެވެ. އެއީ ރޭގެ ފަތިސް ނަމާދަށް ފަހު، ދިދަތައް ހިފައިގެން ގަލޮޅު ދަނޑު ކައިރިއަށް ބަޔަކު ދިޔައީ އެއްވަމުން ދިއުމެކެވެ. އެއްވެސް ހާލެއްގައި އެއީ "ސިމްޕަލް" ކަމެއްގެ ގޮތުގައި ފުލުހުން ބަލައިގެން ނުވާނެއެވެ. އެ މީހުން ދަނޑަށް ވަންނަން ހިނގައިގަތީ، މަޖީދީމަގުގައި އެތުރިގެން ތިބެ އަޑުގަދަ ކުރާއިން ވާހަކަދެއްކުމަށް ފަހު އެވެ. ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން ދަނޑަށް ވަންނަން ކުރިއަށް ޖެހެމުން ދިޔަ އިރު ވެސް، އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރެވޭނެ އަދަދަށް އެ ތަނުގައި ފުލުހުންނެއް ނެތެވެ. އެއީ ފުލުހުންގެ ބޮޑު ފެއިލްމުކެވެ. ދުރާލާ ތައްޔާރު ނުވެމުގެ ނަތީޖާއެވެ.

"މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގި އޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ގާބިލުކަން ނެތީތޯ ސުވާލު އުފެދޭ" މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މެންބަރު ވަހީދުގެ އިތުރުން އެތައް އާއްމުންނެއްވެސް ވަނީ އެކަމާ ސުވާލު އުފައްދައިފައެވެ. އެންމެންވެސް ބުނަމުންދަނީ މިއަދުގެ ހަމަނުޖެހުމަކީ ފުލުހުންގެ ފެއިލްވުމެއްކަމަށެވެ. މިއަދުގެ ހަރަކާތުގައި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވުމަކީ، މިއަދުގެ ހަމަނުޖެހުމުގެ ވާހަކަ ރާއްޖޭގެ އަސްދަނޑިން ބޭރަށް ގޮސް ބައިނަލްއަގުވާމީ ގޮތުން ރާއްޖެއަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ މިއަދުގެ ހަމަނުޖެހުމުގެ ގެއްލުން ރާއްޖެއަށް ބޮޑުކަމަށް ވިދާޅުވެފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހަ މީހަކު ހައްޔަރުކުރިއިރު، އެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. ވާނެއެއްޗެއްވެ، ނިމުން ފަހުން ފުލުހުން "ތެޅިގަނެފައި" މައްސަލަ ތަހުގީގުކުރަން ފޫގަޅާލިއިރު ދުރާލާ މިކަން ނުހުއްޓުވަމީ، ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވިކަމެކެވެ. އެ މުއައްސަސާގެ ބޮޑު ފެއިލްވުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ