ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ: މިހާރު
ހަބަރު
09 Sep 2022 | 22:57
ޑރ.ޝަހީމްގެ އެލިޒަބަތު އަށް ތައުރީފްކޮށް ކުރެއްވި ޓުވީޓު ޑިލީޓްކޮށްލައިފި!

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ޢަލީ ސަޢީދު ރާނީ އެލިޒަބަތު އަށް ތައުރީފްކުރައްވައި ކުރެއްވި ޓުވީޓަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެ ޓުވީޓު ޑިލީޓްކޮށްލައިފިއެވެ.

ރާނީ އެލިޒަބަތު އިއްޔެ އަވަހާރަވެފައިވާއިރު، އެކަމާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ، ރާނީ އެލިޒަބަތު އަކީ އެކަމަނާގެ ދައުލަތުގެ ހިޔަލުން މުސްލިމުންނަށް ފުރުސަތު ދެއްވައި އިސްލާމީ އުއްމަތާއެކު ސުލްހަވެރި ގުޅުމެއް ބޭއްވުމަށް ބާރު އެޅުއްވި ޝަޚުޞިއްޔަތެއް ކަމަށް ވިދާޅުވެ އެލިޒަބަތު އަށް ތައުރީފް ކުރައްވާފައެވެ.

"އެކަމަނާގެ ވަކިވެ ދިޔުމަކީ ހުޅަނގާއި އިރުމަތީގެ ސުލްހަވެރި ސަގާފީ ގުޅުމަށް ލިބިގެންދިޔަ ހިތާމައެއް". ޝަހީމް ޑިލީޓް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަހީމްގެ މި ޓުވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށްވަނީ އަމާޒުވެފައެވެ. އެގޮތުން ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު އެ ޓުވީޓު ރިޓުވީޓް ކުރައްވައި, ލަދުވެތިވާންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޢަލީ ރަމީޒުގެ އެ ޓުވީޓާއި ގުޅިގެން ޝަހީމް ކުރެއްވި ޓުވީޓުގައި، އޭނާ އެލިޒަބަތު އަށް ތައުރީފްކޮށް ކުރެއްވި ޓުވީޓުގެ މައްސަލަ އަކީ ކޮބައިތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި، އެހެން ދީނެއްގެ، ގައުމެއްގެ ވެރިއެއް މަރުވުމުން، އެ ގައުމެއްގެ ރައްޔިތުންނަށް ތައުޒިޔާކިޔުން ގޯސްވަނީ ކީއްވެތޯވެސް ޝަހީމް ޢަލީ ރަމީޒާއި ސުވާލުކުރައްވާފައިއެވެ.

"ތި ސުވާލު ބްރަދަރ އަޅުގަނޑާއި ކުރެއްވީމާ އިތުރަށް އަޅުގަނޑު ހައިރާންވެއްޖެ. އަޅުގަނޑު ގަބޫލުކޮށްގެން ހުރީ ތިއީ ދުނިޔޭގެ ތާރީޚް ވަރަށް ބޮޑަށް އެނގިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް." ޝަހީމް ގެ އެ ސުވާލު ތަކަށް ރައްދު ދެއްވައި ޢަލީ ރަމީޒު ކުރެއްވި ޓުވީޓުގައިވެއެވެ.

ޝަހީމް އެލިޒަބަތު އަށް ތައުރީފްކޮށް ކުރެއްވި ޓުވީޓާއި، އޭގެ ފަހުން ޢަލީ ރަމީޒު އަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުވެސް ޑިލީޓްކޮށްލައްވާފައިވާއިރު، އެ ޑިލީޓް ކޮށްލެއްވި ސަބަބު ސާފެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.