ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ހަބަރު
09 Sep 2022 | 23:19
ފުލުހުންނަށް ހަމަލާ ދިނީ ގޭންގްއަކުން؛ އެކަން ބަލާނީ ވަރަށް ސީރިއަސްކޮށް: ހަމީދު

މިއަދު މާލެގައި ތިން ފުލުހަކަށް ހަމަލާދީފައި ވަނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށާއި، އެކަން ސީރިއަސްކޮށް ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 11:52 ގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާދިނުމާއި ގުޅިގެން އެ ތިން މީހުންނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެ ފަރުވާ ދެމުންދާ ފުލުހުންގެ ގާތަށް ޒިޔާރަތް ކުރުމަށްފަހު ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ފުލުހުންނަށް ހަމަލާ ދީފައިވަނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށާއި، މި ހާދިސާ ހިނގާފައި ވަނީ އެ ފުލުހުން ޑިއުޓީގައި އުޅުނު ގަޑިއެއްގައި ނޫން ކަމަށެވެ.

ފުލުހުންނަށް ހަމަލާ ދިން މީހުން ހަމަލާ ދީފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން އަދި އެކަމުގެ ތަފްސީލެއް ސީޕީ ދެއްވާފައި ނުވެއެވެ.

އެއާއެކު ހަމީދު ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލައިގެ ހިމެނޭ އިތުރު މީހުންވެސް ހައްޔަރު ކުރާނެ ކަމަށެވެ.

"މި މައްސަލައިގައި ވޭހާވެސް އަވަސް ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ޓީމަށް އިރުޝާދު ދީފައި. ފުލުހުންނާއި މެދު އަނިޔާވެރިވާ މީހުންގެ ކަންކަން ސީރިއަސްކޮށް ބަލާނަން. މިފަދަ ކަންކަމުގެ ސަބަބުން ގޭންގްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން." ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ، ޑްރަގް ޓްރެފިކިންގ އާއި ގޭންގްތައް ހުއްޓުވުމަށް މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށް، ފުޅާ ކުރަންޖެހޭ ކަމަށާ، މުޖުތަމައު އަމާން ތަނަކަށް ހަދައި، މުޖުތަމައު ގައި ދިރިއުޅެމުންދާ މީހުންގެ ފުރާނަތައް ސަލަމާތް ކުރުމުގެ މަސައްކަތަށް އެހީވުމަށް، ފުލުހުންނަށްވެސް އިތުރު އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.