ހަބަރު
09 Sep 2022 | 23:32
އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެ: ޚުތުބާ

ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.

"ތިމާ ކުޅަ ޢަމަލު ތިމާ ދެކޭނެ" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ދުނިޔޭގައި އިންސާނާ ކުރާ ޢަމަލުތައް އޭނާ ޤިޔާމަތްދުވަހުން ދެކޭނެކަމަށް އީމާންވާ ހިނދު، އޭނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން ބިނާ ވެފައިވަނި އެ ޢަމަލުތަކުގެ މައްޗަށް ކަމަށެވެ.

"އިންސާނާއަށް ސުވަރުގެވަދެވޭ ވަސީލަތަކީ، އޭނާ ކޮށްފައިވާ ހެޔޮ އަމަލު ކަމުގައިވާ ހިނދު، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނޭ ކަމާމެދަކު ޝައްކެއްނެތެވެ. އެހެންކަމުން ބުއްދިވެރިއަކީ ހެޔޮ ޢަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ދުނިޔޭގެ އަރާމަށްވުރެ އާޚިރަތަށް އެދިގެން އެދުވަހުގެ ބާއްޖަވެރިކަން ލިބުމަށް އެދި މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

"މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. “ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް ތިމަން ރަސްކަލާނގެ އިރާދަ ކުރައްވާމީހަކަށް، ދުނިޔެމަތީގައި ދެއްވާހުށީމެވެ. ދެން އެމީހަކަށްޓަކައި ތިމަން ރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، ރަޙުމަތުން ދުރު ކުރައްވާފައިވާ ހާލު، އެނަރަކައަށް އެމީހަކު ވަންނާނެއެވެ". ޚުތުބާގައި ބުނެފައިވެއެވެ.
މިއާއެކު ހުތުބާގައި ބުނީ ކިތަންމެ ކުޑަ އަމަލެއް ވިޔަސް އަދި ބޮޑު އަމަލެއް ވިޔަސް އެމީހެއްގެ ފަތުގައި ލިޔެފައިވާތަން ދެކޭނެ ކަމުގައެވެ. އާހިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހަގީގަތްތަކުގެ ތެރެއިން އެއް ކަމަކީ، ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނެކަމަށް އީމާން ވުމެވެ.
މީސްތަކުން ކިތަންމެ ވަންހަނާ ގޮތެއްގައި ކުރާ އަމަލަކަސް އިންސާނަކު ކުރާ އަމަލެއް މާތް ރަސްކަލާނގެ ދެނެވޮޑިގަންނަވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ސުވަރުގޭގެ ވަސީލަތަކީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލު ކަމަށް ވާއިރު، ހެޔޮ އަމަލު ކުރުމުގައި ފަސް ނުޖެހުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ގިޔާމަތް ދުވަހުން އެމީހެއްގެ ފަތް ކަނާތަށް ލިބިއްޖެ މީހަކީ ބާއްޖަވެރިއެއް ކަމަށާއި، އެމީހެއްގެ ފަތް ފުރަގަހުން (ވާތަށް) ދެވިއްޖެ މީހަކީ އަބާއްޖަވެރިއެއް ކަން ހުތުބާގައި ބަޔާންކޮށްފައިވާއިރު، ދުނިޔެ އެދޭ އަޅަކަށް ދުނިޔަވީ ހުރިހާ ކަމެއް މިންވަރު ކުރެއްވުމާއި، އާހިރަތް އެދޭ މީހާއަށް، ބާއްޖަވެރި އާހިރަތެއް ލިބުމުގައި އޮތީ މާތް ރަސްކަލާނގެ އިރާދަފުޅުކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.