ހަބަރު
07 Sep 2022 | 22:11
މޫނުބުރުގާ އަޅައިގެންހުރި މީހެއްގެ ނިޤާބަށް ދަމައި، ފުރައްސާރަ ކޮށްފި!

މޫނު ބުރުގާ އަޅައިގެން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ މޫނު ފޮތިކޮޅު (ނިޤާބް) އަށް ދަމައި އޭނާއަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރޭ އިރާކޮޅު ހިނގި މިހާދިސާ އާއި ގުޅިގެން އެ އެމައްސަލަ ކުރިމަތިވި މީހާ ކުރި ޓުވީޓެއްގައި ވަނީ އެކަން ހިނގައި ދިޔަގޮތް ކިޔައިދީފައެވެ.

އެގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ ރޭ އޭނާ ގެއަށް ދިޔަ މަގުމަތީ ފިރިހެނަކު އަންހެން މީހާގެ ބުރުގާގައި ހިފައި ދަމައިގަތުމަށްފަހު "ނިންޖާ"އޭ ކިޔާ އޭނާއާ ދިމާއަށް ހަޅޭއްލެވި ކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އަދި އެ ހާދިސާ ހިނގީ މަޖީދީ މަގުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަހަރެން ގެއަށް އައި މަގުމަތީ، މަޖީދީ މަގުމަތިން ފިރިހެނަކު އަހަރެންނާ ދިމާއަށް 'ނިންޖާ' އޭ ކިޔައި ހަޅޭލަވައި ގަނެފައި، އަހަރެންގެ ނިޤާބަށް ދަމައި ގަތީ." އަންހެން މީހާ ބުނެފައިވެއެވެ.

މަގުމަތިން ހިނގާފައިދާ މީހުންނަށް ފޮށުން މިހާރު އާއްމު ކަމަކަށް ވެފައިވާއިރު, ނިގާބު އަޅައިގެން ނުވަތަ ތުނބުޅި ދިގު ކޮށްފައި ތިބޭ މީހުންނަށް އެކި ނަންނަމުން ގޮވައި ކުރާ ފުރައްސާރައަކީ ވެސް މިވަނީ ހިތާމަކުރާ މިންވަރަށް އިތުރު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.