ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
07 Sep 2022 | 22:19
ވަހީދު ޢިމްރާނަށް: އަނިޔާކުރުމަކީ ހަމައެކަނި ތަޅައިގެން އަނިޔާކުރުމެއް ނޫން!

އަނިޔާކުރުމަކީ ހަމައެކަނި ތަޅައިގެން އަނިޔާކުރުމެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހޯމް މިނިސްޓަރ ޢިމްރާނަށް ރައްދުދެއްވައިފިއެވެ.

ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އިމްރާނު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނިޔާކުރުމަކީ ހަމައެކަނި ތަޅައިގެން އަނިޔާކުރުމެއް ނޫން ކަމަށެވެ.

"ބޭނުންވާ ފަރުވާއިން މަހުރޫމް ކުރުމަކީވެސް އަނިޔާއެވެ. ކުދި ގޮޅިގޮޅީގައި ގިނަ ގައިދީންތަކެއް ބޭތިއްބުމަކީވެސް އަނިޔާއެވެ. ކުދި ކުށްތަކުގައި ޝާމިލްވާ މީހުންނާ ބޮޑެތި ކުށްކުރާ މީހުން އެއްތަން ކުރުމަކީވެސް އަނިޔާއެވެ." ވަހީދު ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިމްރާން ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވެ.

އަދި އެމަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ޤާބިލް އިހުލާސްތެރި ބައެއްކަމަށެވެ. އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ, އޮފިސަރުންނާއި, އޮފިސަރުންގެ އާއިލާތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އެއާއެކު މިނިސްޓަރ ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

"ތި ޔަބޭފުޅުން މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާށޭ. މިހާރަށްވުރެ ބޮޑަށް ހިތްތިރިކުރާށޭ. އޯގާވެރިކަމާއި ރަހުމު އިސްކުރާށޭ. ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫން. އެއީ ކިތަންމެ ބޮޑު ކުށެއްކޮށްފައިވާ ޤައިދީއެއް ނަމަވެސް." އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ގޯސް ވެފައިވާ ވާހަކައަކީ ސިޔާސީ ލީޑަރުންނާއި އާއްމުންވެސް ކަންބޮޑުވާ ބޮޑު މައްސަލައެކެވެ. އެގޮތުން އެ ޖަލެއްގައި އެތައް ގައިދީން ބަހައްޓާ މައްސަލަ އާއި ގައިދީންނަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ އަކީ ގިނަ ބަޔަކު ފާހަގަކުރާ މައްސަލަ ތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.