މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ
ހަބަރު
07 Sep 2022 | 22:30
ވަކި ބަހަކުން ކިޔުމަށްވުރެ ބޮޑަށް، މައްސަލަ ބަލަނީ ޚުތުބާއަށް އުނިއިތުރު ގެނައުމުން: މިނިސްޓްރީ

ހުކުރު ޚުތުބާ އައްޑޫ ބަހުރުވައިން ވިދާޅުވުމުން ސަސްޕެންޑު ކުރި އައްޑު އަތޮޅު މީދޫ މުދިމުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ރަޝީދު މައްސަލަ ބޮޑަށް ބަލަނީ ޚުތުބާއަށް އުނިއިތުރު ގެނައުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 10 ޖުލައި 2018 ގައި ގެޒެޓް ކޮށްފައިވާ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" އާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ޚަޠީބަކު ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން، އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

އަދި އެ އުސޫލުގެ ދަށުން ޚުޠުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއްކަަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ، ވަކި ބަހުރުވައަކުން ޚުޠުބާކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް، އެމައްސަލަ ބަލަމުން ގެންދަނީ ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެފައިވާ ހުކުރު ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މުހައްމަދު ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުޠުބާ ވިދާޅުވިއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުއިން ފޮނުވި ހުޠުބާ އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެން ވިދާޅުވެފައެވެ.

އައްޑޫ ބަހަށް ޚުތުބާ ބަދަލު ކުރީ ހުކުރަށް ދާ ބިދޭސީންވެސް ހުޠުބާގައި ކިޔާ އެއްޗެއް ސާފު ނުވާ ކަމަށްކަމަށް ބުނެ ޝަކުވާކުރަމުންދާތީ، އެމީހުންނަށްވެސް ޚުތުބާ ސާފުކޮށްދެއްވުމަށްކަމަށް އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެބަހުން ކީ ނަމަވެސް ޚުތުބާގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާ، ޤުރުއާނާއި ހަދީސް އާއި އޭގެ މާނަ ކިޔާފައިވާނީ ހުޠުބާގައި އޮތް ގޮތަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.